ކުޅިވަރު ސާމާނަށް ހާއްސަ އޮބިއޮން ފިހާރާއިގެ ބްރޭންޑް އެމްބަސަޑަރުން ކަމަށް ރާއްޖޭގެ ފުޓްސަލްގެ ނަން މަޝްހޫރު ހަ ކުޅުންތެރިއެއް ހަމަޖައްސައިފި އެވެ.

ރޭގެ ވަގުތެއްގައި މި ފިހާރައިގެ ބްރޭންޑް އެމްބެސަޑަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ އަހުމަދު އަޔާޒް (އަޔާ) އާއި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ އެއް ނަމްބަރު ކީޕަރު އިސްމާއިލް ފާތިހް (ތާޑޭ)، އަހުމަދު ޝަރީފް (އޮންލީީ) ގެ އިތުރުން އަބްދުﷲ ޝައްފާން (ޝާކާ) އާއި އަސްލަމް އަދި އިބްރާހިމް މުބީން (މުއްކި) އެވެ.
މި ހަ ޝަހުސިއްޔަތުގެ ތެރެއިން އަސްލަމް ނޫން އެހެން ހުރިހާ ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްސަލްގައި އެފަދަ ދެވަނައެއް ނުވާ ވިދުން ގަދަ ކުޅުންތެރިންނެވެ.
އަސްލަމް އަކީ ރާއްޖޭގެ އެންމެ މޮޅު ބައިބަލާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
އޮބިއޮން ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ.
ހާއްސަ ގޮތެއްގައި މި ފިހާރައިން ސްޕޯޓްސް ވެއާ، ޖިމް ވެއާ އަދި އިކުއިޕްމަންޓްސް، ސްވިމް ވެއާގެ އިތުރުން ފުޓުބޯޅަ ކުޅޭ ބޫޓާއި އެހެން ކުޅިވަރު ސާމާނުތަކުގެ އިތުރުން ކެޝުއަލް ހެދުން ލިބެން ހުންނާނެއެވެ.
މި ފިހާރައިގެ ހިދުމަތް ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭއިރު ގަންނަ ސާމާނު ޑެލިވަރ ވެސް ކޮށްދޭނެއެވެ. އަދި ފިހާރައަށް ގޮސް ބޭނުންވާ ޕްރޮޑަކްޓެއް ހޯއްދަވާ ފަރާތްތަކަށް މަޖީދީމަގު ގަލޮޅު ބޯޅަދަނޑު ކައިރީ ހުންނަ އޮބިއޮން ފިހާރައަށް ދިއުމުން އެ ފުރުސަތު ލިބެގެންދާނެ އެވެ.