އައްޑޫސިޓީގެ ޒުވާނުންނަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް "ވަގުތު ޔޫތު ކަޕް" ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ވަގުތު މެނޭޖްމަންޓުން މި ނިންމުން ނިންމީ އައްޑޫސިޓީގައި ހުނަރުވެރި ފުޓުބޯޅަ ތަރިން އުފެއްދުމާއި، މި އަތޮޅުގައި ފުޓުބޯޅަ ކުރިއެރުވުމުގެ މަޤްސަދުގައެވެ. މީގެކުރިން "ވަގުތު" އިން ދަނީ ކޮންްމެ އަހަރަކުވެސް ފުޓްސަލް މުބާރާތެއް އައްޑޫގައި ބާއްވަމުންނެވެ.

މިއީ ބޮޑަށް ޒުވާން ކުޅުންތެރިންނަށް ހުޅުވާލެވިގެން ބާއްވާނެ ފުޓުބޯޅަ މުބާރާތެކެވެ. މި މުބާރާތް އައްޑޫސިޓީގައި ބޭއްވުމަށް މަސައްކަަތްކުރަނީ މިއަހަރުގެ ބޮޑު ޗުއްޓީއާއި ދިމާކޮށެވެ. މުބާރާތް ބާއްވާނެ ރަސްމީ ތާރީޚެއް ފަހުން އިއުލާނުކުރެވިގެން ދާނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ލިބިގެންދާނެ އެވެ. ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު އެހެނިހެން ވަނަވަނަ ހޮވުމަށްވެސް ވަނީ ނިންމާފައެވެ.

"މިއީ އައްޑޫސިޓީގައި ފުޓުބޯޅަ ދިރުވާ އާލާކުރަން ކުރާ މަސަައްކަތުގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮތްކަން ހާމަކޮށްދޭން ބާއްވާ މުބާރާތެއް، އުއްމީދަކީ މި މުބާރާތުގެ ސަބަބުން މި އަތޮޅުން ފުޓުބޯޅައިގެ ތަރިންތަކެއް އުފަންވެ އަތޮޅާއި މުޅި ޤައުމަށް އޭގެ ފައިދާ ލިބިގެންދިއުން" ވަގުތު މެނޭޖްމަންޓުން މައުލޫމާތުދެއެވެ.

"ވަގުތު ފުޓްސަލް ޗެލެންޖުގެ ނަމުގައި މި ވޭތުވެދިޔަ ހަތަރު އަހަރު އައްޑޫސިޓީގައި ވާނީ ފުޓްސަލް މުބާރާތެއް ބާއްވާފައެވެ. މި މުބާރާތް ވެގެންގޮސްފައިވަނީ މުޅި ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު، އަދި އެންމެ ފޯރިގަދަ މުބާރާތުގެ ގޮތުގައެވެ. މިދިޔަ ޑިސެމްބަރު މަހު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފްސީ އުސްގަނޑަ އެވެ.

އައްޑޫސިޓީ އަކީ ރާއްޖޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ އަތޮޅެކެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ބެލިކަމުގައި ވިއަސް އަދި ޤައުމީ ޓީމަށް ބެލިކަމުގައި ވި ނަމަވެސް އައްޑޫސިޓީގެ ހުނަރުވެރި ކުޅުންތެރިން މި ޓީމުތަކުގައި އަބަދުވެސް ހިމެނެމުން ދެއެވެ.

ޝަމްވީލް ޤާސިމް (ބޮންޑާ)، މުހައްމަދު އާރިފް( ބަކާ) ، އަހުމަދު ސައީދު (އައްމަޓީ)، އަލީ ނާފިއު (ކަޅޭ)، ހަސަން ރާއިފް (ހަންނަ)، އަހުމަދު ނާޝިދު(ނާއްޓެ) އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ އިތުރުން ގިނަ އަދަދެއްގެ ފުޓުބޯޅަ ތަރިން އައްޑޫއަށް ނިސްބަތްވެއެވެ. އަދި ހުނަރުވެރި މޮޅެތި ކުޅުންތެރިން އަބަދުވެސް އައްޑޫގައި އުފެދެމުންދެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝާން

    ކީއްވެ އަޝްފާގު އާއި އަޝްފާން ގެ ނަން ނުހިމެނީ. އެއީ ހިތަދޫ ފަންޖެހިގޭ މުހައްމަދު ރަޝީދު ގެ ދެ ދަރިން.

    6
    3
  2. 👏👏⚽⚽👏👏👏👏☺☺ vaguthu ަހ maruhabaa

  3. އައްޑޫ ލެއި

    ތޭންކްސް ވަގުތު