ރޮނާލްޑޯގެ ޓީމުން ދޫކޮށްލާ ހެދުނު ގޯސްތައް ރެއާލް އިން އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސްގެ ޓްރާންސްފަރ މައްސަލައިގައި ތަކުރާރު ކޮށްފާނެ ކަމަށް ގަބޫލު ނުކުރާނޭ ކަމަށް އެޓީމުގެ ކުރީގެ ލެޖެންޑް އަދި ކޯޗް ހޯހޭ ވަލްޑާނޯ ބުނެފިއެވެ.

ސްޕެއިންގެ މީޑިއާ އަކާއި ވާހަކަދައްކަމުން ވަލްޑާނޯ ބުނީ ކޮންޓްރެކްޓް އާކުރުމާއި ބެހޭގޮތުން ހިޔާލުތަފާތުވުން ތަކެއް ހުރިނަމަވެސް އާހިރު ނަތީޖާއަކަށް ވާނީ ރާމޮސް ރެއާލް އާއިއެކު އެއްބަސްވުން އައު ކުރުން ކަމަށެވެ. އަދި ރޮނާލްޑޯ ޓީމުން ގެއްލިގެން ދިޔަހެން ރާމޮސް ގެއްލެން ޓީމުގެ ސަޕޯޓަރުންވެސް އަދި މެނޭޖްމަންޓުން ބޭނުންނުވާނެ ކަމަށާއި އެކަން އެހެންވިޔަ ނުދޭނެ ކަމަށެވެ.

ރެއާލް އިން ރާމޮސް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހު ހަމަވާއިރު މިހާތަނަށް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ކޮންޓްރެކްޓް އައު ނުކުރެވިގެން އުޅެނީ ރެއާލް އިން ހުށަހަޅާފައިވާ ކޮންޓްރެކްޓް ގައި އޮތް މުސާރަ އަދި އެއްބަސްވުުގެ މުއްދަތާއި މެދު ރާމޮސް ހިތްހަމަ ނުޖެހޭތީ ކަމަށް ބޭރުގެ ކުޅިވަރު މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ޖޫން މަހުގެ ނިޔަލަށް ރާމޮސް އާއިއެކު ރެއާލް އަށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އޭނާ އެހެން ޓީމަކަށް ބަދަލުވާނީ ހިލޭ ޓްރާންސްފަރ ފީއެއްގައެވެ. އެހެންވެއްޖެ ނަމަ މާލީ ގޮތުން ރެއާލް އަށް ގެއްލުންވާނެއެވެ.

ރޮނާލްޑޯ ރެއާލް އާއި ވަކިވެ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވީ 2018 ވަނަ އަހަރުގައެވެ. ރޮނާލްޑޯ ޓީމު ދޫކޮށްލި ހިސާބުންވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ރޮނާލްޑޯ ރެއާލް ދޫކޮށްލީ ކާމިޔާބު 9 އަހަރު އެޓީމާއި އެކު ހޭދަކޮށް ގިނަ އިންޑިވިޖުއަލް އަދި ޓީމް ޓްރޮފީތަކެއް ހޯދުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ރޮނާލްޑޯވެސް ދިޔައީ ގިނަ ފައިސާ ލިބޭގޮތް ފެނުމުން! މެސީއަށް އަށްވުރެ މަދުން 460 ހާހުން ނުފުދޭތީ 900 ހާސް ލިބޭ ތަނަކަށް ދިޔައީ! ރާމޯސްވެސް ފައިސާކޮޅޫ ލިބޭ ތަނަކަށް ދާނެ!

    10
    4
    • ޜޮނާ

      ޢާ ކަލޭ އަށް އެނގޭނީ...

      6
      4
    • ރައްޔިތުމީހާ

      މިއޮތީ ރޯނުއެދުރު ހެދިފަ ... މަގޭ ސަލާން

      2
      4