ބާސެލޯނާގެ ފުޓުބޯޅަ ތާރީޚުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ދެއްކި ރަތް ކާޑާއެކު، ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި އެެތްލެޓިކް ބިލްބާއޯ އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުން ބާސާ ބަލިވެއްޖެއެވެ.

މެސީއަށް މި މެޗުގައި ރަތް ކާޑު ދައްކާފައިވަނީ މެޗު ނިމެން ގާތްވެފައިވަނިކޮށެވެ. މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި މެސީއަށް ރަތްކާޑު ދައްކާފައިވަނީ ބޯޅަ ނެތީސް ބިލްބާއޯގެ ވިޔަލިބްރޭ އަށް ހަމަލާދިނުމާއި ގުޅިގެންނެވެ. މި މަންޒަރު ވީއޭއާރު މެދުވެރިކޮށް ބެލުމަށްފަހު މެސީއަށް ރަތްކާޑު ދެއްކިއެވެ. މި ކާޑު ވެގެންގޮސްފައިވަނީ މެސީ އަށް ރަތް ކާޑެއް ދެއްކި ފުރަތަމަ ފަހަރަށެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބާސާއިންނެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން އިނާކީ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮސްކާ ޑެ މާކޯސް ބިިލްބާއޯއަށް ނަތީޖާ އެއްވަރުކޮށްދިނެވެ.

ބާސާއިން ދެވަނަ ފަހަރަށް ލީޑުނެގީ 77 ވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ދިން ބޯޅައަކުން މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. މި ލަނޑަށްފަހު ބާސާ ކޮޅަށް އެތްލެޓިކް ބިލްބާއޯ ދިޔައީ ވަރަށް ބޮޑަށް ޕްރެޝަރުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ވިޔަލިބްރޭ ވަނީ ބިލްބާއޯއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގައި ބަސާއަށް އިތުރު މައްސަލަތަކާއި ކުރިމަތިވީ ބާސާގެ ތާރީހުގައި މެސީއަށް ދެއްކި ފުރަތަމަ ރަތް ކާޑާއި ހިސާބުންނެވެ. އެއާއެކު ބާސާ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެންދިޔަ އެވެ. އެއާއެކު ބިލްބާއޯ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިން ގޯލު ޖެހީ އެ ޓީމަށް މޮޅުކުޅުމެއް ދެއްކި ވިލިއަމްސް އެވެ.

މެސީއަށް ރަތްކާޑު ދެއްކުމުން ދަނޑުން ފައިބަނީ

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޑޭ

    ކޮންގުރާ ބިލްބާއޯ!!! މަރުހަބާ މެސީ!!!

    11
    6
  2. ހުސޭނުބޭ

    ތިއީ މެސީއަށް ދެއްކި ދެވަނަ ރަތްކާޑު! އާޖެންޓީނާ ކުޅުނު މެޗަކުވެސް ދައްކާފައި ވީ! އެކަމަކުވެސް ބުނެވޭނީ މެސީއަކީ އެހެން މީހުންނާ އަޅާ ބަލާއިރު ކޫލް މީހެކޭ!

    10
    2
  3. ހައުސް ފުލައި

    ޢައްދޭ! މީނަ ކޮން ރަތަކަށް އަރަނީ😒 އާއި! އަހަރުން ބިރުން ހުމާ މިހިރީ!
    ބޯހަލާކު ސަހާދަތް😤

    1
    1