މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖު 2021" ގެ ދެވަނަ މެޗުގައި ހަލަބޮލި ބަލިކޮށް، މުބާރާތުގެ ފެށުން ރެމްޕޭޖް ޓީމުން ރަނގަޅުކޮށްފި އެވެ.

ހަލަބޮލި އާއި ވާދަކޮށް ރެމްޕޭޖް ޓީމުން މި މެޗު ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ގްރޫޕް އޭ ގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މި މެޗާއެކު މުބާރާތުގެ ފުރަތަމަ މެޗުގައިވެސް ބައްދަލުކޮށްފައިވަނީ މި ގްރޫޕުގެ ދެ ޓީމެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ މި ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ ޕާކް ބޯއިސް އަދި ކުލަބް 010 އެވެ. މި މެޗު ކުލަބް 010 ކާމިޔާބުކުރީ 9-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ރެމްޕޭޖް ޓީމުގެ ޝިފާޒް އާދިލް (މަޓާ) ދެ ގޯލު ކާމިޔާބުކޮށްފައިވެއެވެ. މި މެޗުގައި އެ ޓީމަށް ދެން ގޯލު ޖަހައިދިން ކުޅުންތެރިއަކީ ޖުމާން އެވެ. މި މެޗުގައި ރެމްޕޭޖްް ޓީމުގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) ގެ ކުޅުމުގެ އިތުރުން އައްޑޫގައި ނިމިދިޔަ ވަގުތު ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ކީޕަރުގެ މަޤާމު ހޯދި ރެމްޕޭޖުގެ ކީޕަރު އިބްރާހިމް ނާޖިހު (ހޭޓް) ގެ ސޭވްތައް ފާހަގަކޮށްލެވެއެވެ.

ހަލަބޮލި ޓީމުގެ ދެ ގޯލުވެސް ޖަހާދީފައިވަނީ އަހުމަދު ވިސާލް (އަންދު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެމްޕޭޖް ޓީމުގެ ޝިފާޒް އާދިލް (މަޓާ) އެވެ. މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ޓްރިޕަލް އޭ އެޗްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް މުހައްމަދު ދީދީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކުރަނީ

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގައި މާދަމާ (21 ޖެނުއަރީ 2021) ޖުމްލަ ހަ މެޗު ކުޅޭނެއެވެ.

ހަވީރު ދަންފަޅި

16:00 - ޒެޕޯ - އެންއެސް ރޯމާ

17:00 - ޓްވިންސް ގާޑަން- ޑީސީ އެެވެންޖާސް

ރޭގަނޑު ދަންފަޅި

20:00 - ބޮންގް ބޮއިސް - ވީކޭ

21:00 - ސްކޮޑްރާ ސްޕޯޓްސް ކުލަބް - ދަ ގޯޅި

22:00- ޓީވައިޕީ - ދަ ރޯޔަލްސް

23:00 - ކޭއެޗް ލަޔަންސް - ވޯންޓެޑް