މާލޭ އިރު ދެކުނު ފަރާތުގައި ޤާއިމުކޮށްފައިވާ ސްވިމިން ޓްރެކުގެ އާ ޕްލެޓްފޯމްގައި ހިމެނޭ ސިޑިބަރު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ .

ސްވިމިންގ ޓްރެކް ސަރަހައްދުގައި ތަރައްގީކުރި ސިޑިބަރިއާއި ފާހަނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދަނީ މާޒިޔާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެންނެވެ.

މި މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 20 ގައެވެ. ޖުމްލަ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އޭރު ހަވާލުކުރި ނަމަވެސް އީއައިއޭ ދިރާސާތަކެއް ކުރަން ޖެހުމާއި ގުޅިގެން މަސައްކަތްތައް މަޑުޖެހުނެވެ. އެއާއެކު ކަނޑައެޅި މުއްދަތަށް މަސައްކަތް ނިންމޭގޮތެއް ނުވިއެވެ.

ނަމަވެސް އެ ހުއްދަ ލިބުމާއެކު އެ މަސައްކަތް ބާރަށް ފެށިއެވެ. މިހާތަނަށް ނިމިފައިވާ މަސައްކަތްތަކުގެ ތެރެއިން ތަނުގެ ސިޑިބަރި މި ވަނީ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިމިންގ ޓްރެކުގައި އާންމުންނަށް ބޭނުންކުރެވޭނެ ސިޑިބަރިއެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެއް ކަމަށާއި، މިހާރު އެ މަސައްކަތް ނިންމައި ސިޑިބަރި އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ޒުވާނުންގެ މެދުގައި މަގުބޫލު ކަމެއް ކަމަށްވާ ޑައިވް ކުރާނެ ޕްލެޓްފޯމެއްވެސް އެ ތަނުގައި ހެދުމުގެ މަސައްކަތް ނިމުނުހާ އަވަހަށް އެތަންވެސް އާންމުންނަށް ހުޅުވާލާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ،.

މި ސަރަހައްދު ތަރައްގީކުރެވުމާއި އެކު ފެތުންތެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި މުބާރާތްތައް ބާއްވާއިރު ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ އެވެ. މި ސަރަހައްދު އެއްކޮށް ތަރައްގީ ކުރެވުމާއި އެކު އަންހެން އަދި ފިރިހެން ފެތުންތެރިންނަށް ވަކިން ބޭނުން ކުރެވޭނެ ވަސީލަތް ސިޑިބަރި ދަށުގައި ޤާއިމުވެގެންދާނެ އެވެ.

މީގެއިތުރުން އެސޯސިއޭޝަނުގެ އެކި ކަންކަމާއި ގުޅޭ ތަކެތިވެސް މި ސަރަހައްެދުގައި ރައްކާކުރެވިގެން ދާނެ އެވެ. ދަތި އުނދަގޫ ހާލަތެއްގައި މީގެކުރިން މި ސަރަހައްދުގައި މުބާރާތްތައް ބޭއްވި ނަމަވެސް އަލަށް ހެދި މި ޕްލެޓްފޯމް އާއެކު އެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހަވާސާ އިބޫ

  މޫދުއޮތީ ތަގަޔަރުވެފައި ތިޔަ އިމާރާތް ރީޗަސް ދެންވާނީ ކިހެނެއް

 2. ކޮލި

  ތިވެސް ބުނޭ ޔާމީން ކުރަން ނިންމާފަހުރި ކަމެކޭ ؟

 3. އިބުނި ކަސީޜު

  ތި ސްވިމިން ޓްރެކަށް ބޭނުންވަނީ އަންހެން އަދި ފިރިހެން ފެތުންތެރިންނަށް ވަކިން ބޭނުން ކުރެވޭނެ ވަސީލަތް ސިޑިބަރި ދަށުގައި ގާއިމް ކޮށް ދިނުމެއްނޫނެވެ. ޢެޔައްވުރެ މާ މުހިންމު ބޮޑެތި ކަންތައް އެބަހުއްޓެވެ. އެގޮތުން އަންހެނުން ފެތުމައް ވަކި ސްވިމިން ޓްރެކަކާއި ސިޑި ބަރިއެއް ތި ސރަހައްދުގައި ހެދިދާނެ އެވެ. އަދި އެ ޓްރެކް އާއި ސިޑި ބަރި ހުންނަން ޖެހޭނީ ފެންސް ޖަހާފައި ފިރިހެނުންނަށް އެސަރަހައްދަށް ނުވަދެވޭގޮތައް އަދި އެތަނުގައި ހިންގާ ހަރަކާތް ތައް ފިރިހެނުންނަށް ނުފެންނަ ގޮތަށެވެ، މިކަންތައް ކުރުމަށް ޖާގަ އެސަރަހައްދުގައި އެބައޮތެވެ. ޓްރެކާއި ޖެހިގެން ލޯންޗްތައް އަޅާފައިވާ ސަރަހައްުދު ހުސްކޮށް އިތުރު ޓްރެކެއް އެޅުމަށް ބޭނުން ކުރެވިދާނެ އެވެ.

  މިއީ ސައްތަ އިން ސައްތަ މުސްލިމް ގައުމަކަށްވާތީ މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވ،ެ. އަންހެން ކަނބަލުން ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ އިން ސަލަމަތް ކުރުަމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކޮމެންޓާއި ވަރަށް ގިނަ ބޭފުޅުން ދެކޮޅުހެދިއަސް ހަގީގަތްވާނީ ހަމަ ހަގީގަތަށެވެ. މިކަމުގެ ވަރަށް ރަނގަޅު މިސާލެއް ދަންނަވާލާނަމެވެ. މީގެ 3 އަހަރު ކުރިން އެއާޕޯޓުގައި ބައިނަލް އަގުވާމީ އަންހެނުން ގެ ދުވަސް ފާހަގަކުރަން ވަރަށް ފުރިހަމަ މިއުޒިކާއި ނެށުމުގެ ހުނަރު ދައްކަން ޝޯއެއް ބޭއްވި އެވެ. މިޝޯ އަކީ ހަމައެކަނި އަންހެނުންނަށް ޚާއްސަކުރެވުނު ޝޯއެކެވެ. 6 ޕޫޓް ގެ ފެންސް ޖަހާ މުޅި ސަރަހައްދު ބޭރައް ނުފެންނަ ގޮތައް ސަތަރިޖަހާ ބަންދުކޮށް ފިރިހެނުންނަށް ނުވަދެވޭގޮތައް ބޭއްވި މި ޝޯ ވެގެން ދިޔައީ ވަރަށް ތާރީކީ ފުރިހަމަ ޗޯ އަކަށެވެ.

  1
  1
 4. އަލްޖިބްރާ

  މީހަކު ކޮންމެ މަސައްކަތެއް ކުރިއަސް ފިޔާތޮށި ބައިގަޑަށް ހީވަނީ އެއީ ޔާމީނުގެ ކަމެކޭ ! މާލޭގެ މަޖީދީމަގުގައި އިންދާފައިހުރި ހުރިހާ ފެންފޯށްރުއްތަށް ކަޑާ ތިރިކުރީ ޔާމީނޭ ލިޔަން ނުކެރެނީ ގަޓްނެތީމަ ! ގެއެއްގެ ތެރޭގައި އަންމާފޮތެއް އޮތަސް އެއީ ސިހުރު ހަދާ ގެއެކޭކިޔާފަ އެގޭ ވެރިން ހައްޔަރު ކުރީ ޔާމީނޭ ކިޔަން ނުކެރެނީ ތިބައިގަޑުގެ ގަޓު ނެތީމަ ! މިހާރު ރީތި ގޮތެއްވެއްޖެނު؟ ދެން އަތްޖަހާ !