އިޓާލިއަން ސުަޕަ ކަޕުގެ ފައިނަލުގައި ބުދަދުވަހުގެރޭ ނާޕޮލީ ބަލިކޮށް ޕިރްލޯގެ ކޯޗުކަމުގެ ދަށުން ޔުވެންޓަސް ފުރަތަމަ ފަހަރަށް ތަށި އުފުލާލައިފި އެވެ.

މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެޗުގައި ޔުވެންޓްސް އިން ލީޑު ނަގާފައިވަނީ 64 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ދެވަނަ ހާފުގައި ނާޕޮލީއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ހާއްސަކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ ފާހަގަކޮށްލެވެއެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ.

މިމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި މި ލަނޑާއެކު ރަސްމީ މެޗުތަކުގައި އޭނާ ޖެހި ލަނޑުތަކުގެ އަދަދު ވަނީ 760 އަށް އަރާފައެވެ. އަދި މިއީ ޔުވެންޓަސްގެ ކޯޗުކަމުގެ މަޤާމާއި ޕިރްލޯ ހަވާލުވިތާ ފަސް މަސްދުވަހުގެ ފަހުން ހޯދި ފުރަތަމަ ތައްޓެވެ. އުމުރުން 41 އަހަރުގެ ޕިރްލޯއަށް ލިބުނު މި ކާމިިޔާބު އޭނާ ފާހަގަކުރީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

"މި ތައްޓާއެކު ވަރަށް ބޮޑު އުފަލެއް ލިބިއްޖެ، ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު ލިބުނު ކާމިޔާބީތަކާއި މި ކާމިޔާބީއާއި ތަފާތު، މުޅިން ތަފާތު އިހުސާސެއް ކުރެވުނީ މި ތައްޓާއެކު" ކުރިން ޔުވެންޓަސްއާއި އޭސީމިލާނަށް ކުޅުނު ދުވަސްވަރު ތިން ލީގު ތަށި ހޯދި ޕިރްލޯ ބުންޏެވެ.

މި ތައްޓާއެކު ރޮނާލްޑޯވެސް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ރޮނާލްޑޯ ބުނީ މި ތައްޓާއެކު މި ސީޒަނުގެ ކުރިޔަށްއޮތް ތަނުގައި އިތުރު ތަށިތަކެއް ހޯދަން ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

މިއީ ޔުވެންޓަސް އިން އިޓާލިއަން ސުޕަ ކަޕު ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝޙދ

    ވަރަށް އުފާވެއްޖެ

    2
    1
  2. ބީޓީއެސް އާރމީ💜

    ކޮންގްރެޓްސް ޔުވެންޓަސް👏
    މަރްހަބާ އެންމެނަށް♥️