ރާއްޖޭގެ މަޤްބޫލު ކުޅިވަރު ބްރޭންޑް ކަމަށްވާ މަޅި މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖްގައި ގްރޫޕް ބީގެ ޒެޕޯ އާޢި އެންއެސް ރޯމާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ކުޑަހެންވޭރު ފުޓްސަލް ދަނޑުގައި ކުޅުނު ގްރޫޕް ބީގައި ހިމެނޭ ޒެޕޯ އާއި އެންއެސް ރޯމާގެ ކުރިމަތިލުން އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

އެންއެސް ރޯމާ ޓީމު

މި މެޗުގައި އެންއެސް ރޯމާ ޓީމުގެ ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ އަބްދުﷲ ޒިހުނީ އާއި ސިނާން އިބްރާހިމް ރަޝީދެވެ. މީގެތެރެއިން އަބްދުﷲ ޒިހުނީ ދެ ލަނޑު ޖަހައިދިނެވެ. ޒެޕޯ ޓީމަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޒާހިދު، އަހުމަދު ރައުޝަން އަދި ހުސެއިން ޝުއެއިބު އެވެ.

ޒެޕޯ ޓީމު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެޕޯ ޓީމުގެ ޖާރޒީ ނަމްބަރު 10 އަހުމަދު ރައުޝަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮށްދެއްވީ ވަން ކްލިކްގެ ސީއީއޯ އިސްމާއީލް އަލީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓްވިންސް ގާޑަން އާއި ޑީސީ އެެވެންޖާސް އެވެ. މި ދެ ޓީމަކީ ގްރޫޕް ބީގެ ދެ ޓީމެވެ.

މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް

20:00 - ބޮންގް ބޮއިސް - ވީކޭ

21:00 - ސްކޮޑްރާ ސްޕޯޓްސް ކުލަބް - ދަ ގޯޅި

22:00- ޓީވައިޕީ - ދަ ރޯޔަލްސް

23:00 - ކޭއެޗް ލަޔަންސް - ވޯންޓެޑް

ކިޔުންތެރިންގެ ހިޔާލު