މަޅި މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ޓްވިން ގާޑަން އާއި ޑީސީ އެވެންޖާސް ބައްދަލުކުރި މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

ކުޑަހެންވޭރު ފުޓްސަލް ދަނޑުގައި ޓްވިން ގާޑަން އާއި ޑީސީ އެވެންޖާސް ބައްދަލުކުރި މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ .

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހެޓްރިކެއް ފެނިގެންދިޔަ އެވެ. ޑީސީ އެވެންޖާސް ޓީމަށް ހެޓްރިކެއް ހަދައިދިނީ މުހައްމަދު ވިސާމް އެވެ. މި ޓީމަށް ދެން ލަނޑު ޖަހައިދިނީ ހުސެއިން ބައްސާމް އެވެ.

ޓްވިން ގާޑަން ޓީމަށް މި މެޗުގައި ހެޓްރިކް ހަދައިދިން ކުޅުންތެރިއަކީ އަހުމަދު ޒިދާނެވެ. އެ ޓީމަށް ދެން ލަނޑު ޖަހައިދިނީ ތައުމީން އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓްވިން ގާޑަން ޓީމުގެ ގޯލްކީޕަރު އަހުމަދު ޝަރުވާން އެވެ. އޭނާއަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ޓޮޕް ތްރީ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އާދިލް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުންވެސް ނިމުނީ އެއްވަރުވެގެންނެވެ. ޒެޕޯ އާއި އެންއެސް ރޯމާ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގައި މިރޭގެ ދަންފަޅީގައި ޖުމްލަ ހަތަރު މެޗެއް ކުޅޭނެއެވެ.

ރޭގަނޑު ދަންފަޅި (2021-01-21)

20:00 - ބޮންގް ބޮއިސް - ވީކޭ

21:00 - ސްކޮޑްރާ ސްޕޯޓްސް ކުލަބް - ދަ ގޯޅި

22:00- ޓީވައިޕީ - ދަ ރޯޔަލްސް

23:00 - ކޭއެޗް ލަޔަންސް - ވޯންޓެޑް