މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބުގެ އެހީއާއެކު ކުރިޔަށްދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ބޮންގް ބޯއިސް 3-2 އިން ބަލިކޮށް ވީކޭ އިން ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގައި ފުރަތަމަ ހާފުގައި ވީކޭ އިން މޮޅު ކުޅުމެއް ދައްކާފައިވެއެވެ. މި މެޗުގައި ވީކޭ ޓީމަށް ކުޅެމުން އަންނަ ފުޓްސަލްގެ މަގްބޫލު ދެ ކުޅުންތެރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ކޮމްބިނޭޝަން ކުޅުން ފާހަގަވެގެންދިޔަ އެވެ.

މި ހާފުގައި ހާއްޕެގެ ދެ ގޯލު ފެނިގެންދިޔަ އެވެ. މި ހާފުގެ ފަހުކޮޅު ބޮންގް ބޯއިސްގެ ކުޅުން ރަނގަޅުކޮށް އެއް ގޯލު ޖެހިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިލްވާން އެވެ .ފުރަތަމަ ހާފު ނިމުނީ 2-1 އިން ވީކޭ ކުރީގައި އޮވެގެންނެވެ.

ބޮންގް ބޮއިސް އާޢި ވީކޭ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި ބޮންގް ބޯއިސް އިން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކުރިތަން ފެނިގެންްދިޔަ އެވެ. މި ހާފުގައި ބޮންގް ބޯއިސްއަށް ލަނޑު ޖަހައިދިނީ ހުސެއިން ހައްމާދު އެވެ. މި ހާފުގައި ވީކޭ ޓީމަށް ލަނޑު ޖަހައިދިނީ ސާމިން މުހައްމަދު ނަސީރެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވީކޭ ސްޕޯޓްސް ކުލަބުގެ ޖާރޒީ ނަންބަރު 9 އަލީ ހާފިޒް (ހާއްޕެ) އެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު މެރިލައިން މޯލްޑިވްސް ގެ ފަރާތުން އަލީ ދާއިމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.