މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބުގެ އެހީއާއެކު ކުރިޔަށްދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ދަ ގޯޅި އާއި ވާދަކޮށް ސްކޮޑްރާ ސްޕޯޓްސް ކުލަބް މެޗު ކާމިޔާބުކޮށްފި އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ސްކޮޑްރާ ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މި މެޗުގައި ސްކޮޑްރާ ޓީމުގެ ފުރަތަމަ ލަނޑު އިބްރާހިމް ސަނޫން އެވެ. ސްކޮޑްރާ އަށް ނަތީޖާ ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޝައްމޫން އަބްދުﷲ އެވެ. މެޗުގައި ސްކޮޑްރާ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ސަނޫން އެވެ.

މި ތިން ގޯލަށްފަހު ދަ ގޯޅި ޓީމުން ކުޅުން ރަނގަޅުކޮށް އެ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކުރި އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުއާޒް އަލީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކޮޑްރާ ސްޕޯޓްސް ކުލަބުގެ އިބްރާހިމް ޝަނޫން އެވެ. އޭނާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި ކޯ ސްޕޮންސަރ އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވާމެންޓް އޮފް ގެމަނަފުށީގެ ފަރާތުން އިބްރާހިމް ތަސްމީން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މިރޭ އަދި ބާކީ ދެ މެޗު ކުޅޭނެއެވެ.

މުބާރާތުގައި މާދަމާ (2021-01-22) ކުޅެން ހަމަޖެހިފައިވާ މެޗުތައް

16:00: އެފްސީ ޒެފިއާ- މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބް

17:00: ނަމުރު އެސްސީ- އާން ދޯ

20:00: މަސްއޮޑި އޮރިޖިނަލްސް- ލުއްޗާޒް

21:00: ނޮއިނާ - ސީކޭ

22:00: ޒެފަރސް- ކޭއެޗް ޔުނައިޓެޑް

23:00: މަސްއޮޑި ސްޕޯޓްސް ކުލަބް- ޗިކަން ސްޕޯޓްސް ކުލަބް