ޒިނެދިން ޒިދާނުގެ ޓީމު މޮޅުވުމަކީ މިހާރު ލެއާއި ގުޅިފައިވާ ކަމަކަށް ވީއިރު ބާސެލޯނާ ވަނީ ޔޫރަޕުގެ ބޮޑު މުބާރާތުގައި ނިދާފައިކަމަށް ބާސާގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ބުނެފިއެވެ.

ބާސެލޯނާގެ ލެޖެންޑް ޒަވީ އެޓީމަށް ފާޑު ކިޔާފައިވަނީ ޔޫރަޕުގެ ބޮޑު މުބާރާތް ކާމިޔާބު ނުކުރެވި ގިނަ އަހަރުތަކެއް ފާއިތުވަމުން ގޮސް ރިއަލް މެޑްރިޑުން މިތަށި ކާމިޔާބު ކުރަމުން އަންނާތީއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޔޫކްރޭންގެ ކިއޭވް ގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލް ބަލި ކުރުމަށްފަހު ރިއަލް މެޑްރިޑުން ވަނީ އެޓީމުގެ 13 ވަނަ ތަށި ކާމިޔާބު ކޮށް ޖެހި ޖެހިގެން 3 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.

އެހެން ނަމަވެސް ބާސެލޯނާ ވަނީ ފާއިތުވި 4 އަހަރުގެ ތެރޭގައި 3 ވަނަ ލަލީގާ ތަށި ކާމިޔާބު ކޮށްފައެވެ. ސުއަރޭޒް އާއި ކުޓީނިއޯ އަދި ޑެމްބެލޭ މެންފަދަ ކުޅުންތެރިން ގެނައި ނަމަވެސް ބާސާ އަށް ފާއިތުވި ސީޒަންތަކުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ޒަވީ ބުންޏެވެ.

"ރިއަލް މެޑްރިޑްގެ މޮޅުވުމުގެ ލޭ ހުރި ނަމަވެސް ބާސެލޯނާ އިން ވަނީ ނިދާފައި، ފާއިތުވި އަހަރު ތަކުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވަނީ ގެނެސްފައިވާ ކުޅުންތެރިންގެ ސަބަބުން ކަމަށްވެސް ވެދާނެ" ޒަވީ ބުންޏެވެ. މީގެ އިތުރުން ޒަވީ ވަނީ ރިއަލް މެޑްރިޑަށް ލިބިފައިވާ ނަސީބާއި އާއި ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ.

"ރިއަލް މެޑްރިޑަށް ވަނީ ހުރިހާ ގޮތަކުންވެސް ފަސޭހަ ގޮތް މެދުވެރި ވެފައި، ޕީއެސްޖީގެ ތަރި ނޭމާ، ބަޔާންގެ ތޮބެން، ބޯޓެންގް އަނިޔާ ވުމުގެ އިތުރުން ރެފްރީން ހިމެނޭ، ލިވަޕޫލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަނިޔާ ވުމުގެ އިތުރުން ބަޔާން ގެ ނޯޔާ ވެސް އަނިޔާގައި، ސެމީ ފައިނަލުގައި އުލްރެޗްގެ އަތުން ހެދުނު ގޯހަކީ ވެސް ރިއަލް މެޑްރިޑަށް މެދުވެރިވި ފަސޭހައެއް" ޒަވީ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނެފައިވަނީ މައްސަލަ އަކަށް ވަނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ނިދާފައިވާ ކަމަށާއި ލީގު ތަށި ބާސެލޯނާ އިން ނަގަމުން އަންނަ ކަމުގައިވީނަމަވެސް އެހެން ޓީމު ތަކުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާ ކަމަށެވެ.