މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ރޭ ތިމަރަފުށި ޔޫތު ޕްލެޔާސް (ޓީވައިޕީ) އަތުން ދަ ރޯޔަލްސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ޑީގައި ހިމެނޭ ޓީވައިޕީ އަދި ދަ ރޯޔަލްސްގެ ކުރިމަތިލުން ދަ ރޯޔަލްސް ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދަ ރޯޔަލްސް ޓީމުގެ މުހައްމަދު ޒައިން ހެޓްރިކެއް ހަދާފައިވާއިރު މި މެޗުގައި އެ ޓީމަށް ދެން ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ އިސްމާއީލް އަންވާރު، އައްޒާމް އަލިދީދީ، އަދި މުހައްމަދު އަލާއު އެވެ. ޓީވައިޕީ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިއަކީ މުހައްމަދު ތޯހިރު އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ރޯޔަލްސް ޓީމުގެ މުހައްމަދު ޒައިން އެވެ. އޭނާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަފޫ ޕެއިންޓްސްގެ މެނޭޖަރ ސުއާދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މިއަދު (2021-01-22) ކުޅެން ހަމަޖެހިފައިވާ މެޗުތައް

16:00: އެފްސީ ޒެފިއާ- މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބް

17:00: ނަމުރު އެސްސީ- އާން ދޯ

20:00: މަސްއޮޑި އޮރިޖިނަލްސް- ލުއްޗާޒް

21:00: ނޮއިނާ - ސީކޭ

22:00: ޒެފަރސް- ކޭއެޗް ޔުނައިޓެޑް

23:00: މަސްއޮޑި ސްޕޯޓްސް ކުލަބް- ޗިކަން ސްޕޯޓްސް ކުލަބް