މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ދެން ކުރިޔަށްހުރި މެޗުތައް ފޭސްބުކް މެދުވެރިކޮށް ވަގުތުން ގެނެސްދޭން ނިންމައިފިއެވެ.

މި މުބާރާތުގެ މެޗުތައް ވަގުތުން ގެނެސްދެނީ ރާއްޖޭގެ ކުޅިވަރު އިވެންޓުތައް ގެނެސްދިނުމުގައި ފާހަގަކޮށްލެވޭ "ހާފް ކޯޓް މޯލްޑިވްސް" އިންނެވެ.

މިއަދު ހަވީރުން ފެށިގެން މެޗުތައް ވަގުތުން ގެނެސްދޭއިރު، މެޗުތައް ވަގުތުން ގެނެސްދޭން ނިންމީ މުޅި ރާއްޖޭގައި ތިބި ފުޓްސަލްއަށް ލޯބިކުރާ ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށް މުބާރާތް އިންތިޒާމުކުރާ މަޅި މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މި މެޗުތައް ލައިވްކޮށްދެނީ އާންމުކޮށް ކުރާ އަގަށްވުރެ ހެޔޮ އަގެއްގައި ކަމުން މަޅި މޯލްޑިވްސްއިން ވަނީ އެކަމަށް ޝުކުރުއަދާކޮށްފައެވެ.

މެޗުތައް ވަގުތުން ފެންނާނީ "މަޅި އެމްވީ" ފޭސްބުކް ޕޭޖުންނެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަކީވެސް ވަރަށް ފޯރިގަދަވި މެޗުތަކެކެވެ. އެހެންކަމުން ފޭސްބުކް ލައިވްކުރަން ފެށުމާއެކު މި މުބާރާތުގެ ފޯރި މުޅި ރާއްޖޭގައި އިތުރަށް ގަދަވެގެންދާނެ އެވެ.

މުބާރާތުގައި މިއަދު (2021-01-22) ކުޅެން ހަމަޖެހިފައިވާ މެޗުތައް

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.