މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް އެފްގައި ލުއްޗާޒް ބަލިކޮށް މަސްއޮޑި އޮރިޖިނަލްސްގެ ފެށުން ރަނގަޅުކޮށްފި އެވެ.

ކުޑަ ހެންވޭރު ދަނޑުގައި ކުޅުނު މި މެޗު މަސްއޮޑި އޮރިޖިނަލްސް ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ސަޕޯޓަރުންގެ ފޯރި ވަރުގަދަކޮށް ފެނުނު މި މެޗުގައި ދެ ޓީމުންވެސް މޮޅު ކުޅުމެއް ކުޅެފައިވެއެވެ.

މެޗުގައި މަސްއޮޑި ޓީމުގެ ފުރަތަމަ ގޯލު ޖަހައިދިން ކުޅުންތެރިއަކީ ބަރާއު އެވެ. ވަރަށް ރީއްޗަށް ކައިރީގައި ތިބި ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މި ގޯލު އޭނާ ކާމިޔާބުކުރި އިރު، މި ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވެ މަސްއޮޑި އޮރިޖިނަލްސްގެ ސުޒެއިރު ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލުއްޗާޒް ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށްފަައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސޮލާހް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ލުއްޗާޒް އާއި މަސްއޮޑި އޮރިޖިނަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފު ދެ ޓީމުންވެސް ފެށީ ވަރުގަދަކޮށެވެ. ފުރަތަމަ ހާފާއި ހިލާފަށް މި ހާފުގައި ލުއްޗާޒް ޓީމުން ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކުރި ނަމަވެސް މަސްއޮޑި އޮރިޖިނަލްސް ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައިސަން އެވެ. މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ލުއްޗާޒް ޓީމުގެ ހަސަން ސޮލާހް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަސްއޮޑި އޮރިޖިނަލްސްގެ ކީޕަރު ޖާރޒީ ނަމްބަރު 99 އަހުމަދު ޔަލްސަން އެވެ. އޭނާއަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު މެރިލައިން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އައްބާސްއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މިރޭ ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ( މަޅި އެމްވީ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭނެ)

21:00: ނޮއިނާ - ސީކޭ

22:00: ޒެފަރސް- ކޭއެޗް ޔުނައިޓެޑް

23:00: މަސްއޮޑި ސްޕޯޓްސް ކުލަބް- ޗިކަން ސްޕޯޓްސް ކުލަބް