މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް އެފްގައި ނޮއެނާ 2-1 އިން ބަލިކޮށް ސީކޭގެ ފެށުން ރަނގަޅުކޮށްފި އެވެ.
މި މެޗުގައި ވާދަކުރި ނޮއިނާ ޓީމުގައި ރާއްޖޭގެ ފުޓްސަލް އަދި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ކަމަށްވާ އިބްރާހިމް އަތީގް، ހުސެއިން އަފްޒަލް ، އަލީ ހައިޝަމް ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.
މެޗު ދެ ޓީމުންވެސް ފެށީ ވަރުގަދަކޮށެވެ. މި ހާފުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. މި ހާފުގައި ސީކޭ އިން ލީޑުނެގި ގޯލު ޖަހާފައިވަނީ އަބްދުﷲ ފައުޒާން އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިފައިވަނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ނޮއެނާ ވަނީ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މި ހާފުގެ މެދުތެރޭގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިފާއު އެވެ. ނަމަވެސް މާ ގިނައިރުތަަކެއް ނުވަނީސް ސީކޭ ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެ ޓީމަށް ކާމިިޔާބުކޮށްދިން ފައުޒާން އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީކޭގެ އަބްދުﷲ ފައުޒާން އެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ހުޅުމާލޭ ޑްރައިވާޒް އެސޯިއޭޝަނުގެ އިންތިޒާމު ސެކްރެޓަރީ އަހުމަދުއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.
ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.
މުބާރާތުގައި މިރޭ ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ( މަޅި އެމްވީ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭނެ)
22:00: ޒެފަރސް- ކޭއެޗް ޔުނައިޓެޑް
23:00: މަސްއޮޑި ސްޕޯޓްސް ކުލަބް- ޗިކަން ސްޕޯޓްސް ކުލަބް