މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މި މުބާރާތުގެ އެއް ފެވަރިޓް މަސްއޮޑި ސްޕޯޓްސް ކުލަބުން ޗިކަން ސްޕޯޓްސް ކުލަބް ފަސޭހަކަމާއެކު ބަލިކޮށްފިއެވެ.

ގްރޫޕް ޖީގައި ހިމެނޭ ޗިކަން ސްޕޯޓްސް ކުލަބާއި ވާދަކޮށް މަސްއޮޑި ސްޕޯޓްސް ކުލަބް މި މެޗު ކާމިޔާބުކޮށްފައިވަނީ 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ވާދަކުރާ މަސްއޮޑި ސްޕޯޓްސް ކުލަބަކީ މުބާރާތުގެ އެންމެ ފެވަރިޓް އެއް ޓީމެވެ. ރާއްޖޭގެ ފުޓްސަލްގެ ނަން ހިނގާ ގިނަ ކުޅުންތެރިންތަކެއް މި ޓީމުގައި ހިމެނެއެވެ. އެގޮތުން އައްޑޫގައި ނިމުނު ވަގުތު ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުމަދު އަޔާޒް (އަޔާ) އާއި ހުސެއިން ޝަރީފް (އޮންލީ) ، ހުޒެއިފަތު ރަޝީދު (ހުޒޭ) ، ތަޖުރިބާކާރު ފުޓްސަލް ކީޕަރު އިސްމާއީލް ފާތިހު (ތާޑޭ)، އަބްދުﷲ ޝައްފާން (ޝާކާ) ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މެޗު ވަރުގަދަކޮށް ފެށީވެސް މަސްއޮޑި ސްޕޯޓްސް ކުލަބެވެ. އެ ޓީމުން ގިނަވަގުތު ބޯޅަ ހިފަހައްޓަައި އުފެއްދި ހަމަލާތަކުގެ ަތީޖާއެއްގެ ގޮތުން އިބްރާހިމް މުބީން (މުއްކި) އެ ޓީމަށް ލީޑު ނެގިއެވެ. މި ގޯލު ޖެހިނަމަވެސް ޗިކަންސް ދިޔައީ ވަރަށް ޑިސިޕްލިން ކުޅުމެއް ކުޅެމުންނެވެ. ޑިފެންސް ލައިިނުން ވަރަށް ރަނގަޅަށް ބޯޅަތައް ހޯދައި ކުރިޔަށް އަރަން މަސައްކަތްކުރި އެވެ. ނަމަވެސް މަސްއޮޑި ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ކައިރިން ނައްޓާލަން އެ ޓީމަށް އުނދަގޫވިއެވެ.

ފުރަތަމަ ހާފުގެ ކުޅުން ދިޔަ ވަރަކަށް މަސްއޮޑި ޓީމުން ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މަސްއޮޑި ޓީމުގެ ހުޒެއިފަތު ރަޝީދު (ހުޒޭ) އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއެވެ. އަދި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހަައިދިނީ ހުސެއިން ޝަރީފް (އޮންލީ) އެވެ.

ދެވަނަ ހާފު ފެށިތަނާހެން މަސްއޮޑި ޓީމުން ފުލުފުލުގައި ލަނޑުތަކެއް ޖެހިއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހުޒެއިފަރު ރަޝީދު (ހުޒޭ) އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހިއެވެ. މި ލަނޑު ޖެހިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހުޒޭ އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހިއެވެ. އަދި މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ރިހާމް އަބްދުލް ޢަނީ (ބޮބީ) އެ ޓީމުގެ ހަވަނަ ގޯލު ޖެހިއެވެ.

އޭގެފަހުން އަހުމަދު އަޔާޒް (އަޔާ) އެ ޓީމުގެ ހަތްވަނަ ލަނޑު ޖެހިއެވެ. އަދި އެ ޓީމުގެ އަށްވަނަ ލަނޑު ކާމިޔާބުކުރީ ބޮބީ އެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް މަސްއޮޑި ޓީމުގެ ނުވަވަނަ ލަނޑު ކާމިޔާބުކުރީ އަހުމަދު އަޔާޒް (އަޔާ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ހެޓްރިކެއް ހެދި މަސްއޮޑި ސްޕޯޓްސް ކުލަބުގެ ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ. އޭނާއަށް އިނާމު ހަވާލު މެޗުގެ ޝަރަފްވެރި މެހެމާނު މަސްއޮޑި ސްޕޯޓްސް ކުލަބުގެ ނައިބު ރައީސް އާދަމް އަތޫފު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކުރަނީ

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މާދަމާ (2021-01-23) ކުޅޭ މެޗުތައް (މަޅި އެމްވީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ)

16:00: މަސްއޮޑި ޓައިޓަންސް - ބޫޗީޒް

17:00: ބުރު ސްޕޯޓްސް ކުލަބް- އައެޖީ އެފްސީ

20:00: ކުލަބް އޯވަންއޯ- ހަލަބޮލި

21:00: އެންއެސް ރޯމާ- ޓްވިންސް ގާޑަން

22:00: ވީކޭ- ސްކޮޑްރާ ސްޕޯޓްސް ކުލަބް

23:00: ދަ ރޯޔަލްސް- ކުޑަހެންވޭރު ލަޔަންސް