ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދީފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ޒިދާން މިކަން އިއުލާންކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"އަންނަ ސީޒަނުގައި ރެއާލްގެ ކޯޗުކަމުގެ މަގާމުގައި ނުހުންނަން އަހަރެން ނިންމައިފިން. މިއީ އެންމެންގެ ރަނގަޅަކަށް ނިންމި ނިންމުމެއް. ކްލަބަށް ވެސް ކުޅުންތެރިންނަށް ވެސް އަދި އަހަންނަށް ވެސް. ރެއާލް އަކީ ކާމިޔާބީތައް ހޯދުމާއިގެން ކުރިއަށްދާންޖެހޭ ކްލަބެއް. އެކަން ކުރުމަށް ބަދަލުތަކެއް ވެސް އަންނަންޖެހޭ" ޒިދާން ބުންޏެވެ.

ބައެއް ފަރާތްތަކަށް މި ނިންމުން ގަބޫލުކުރަން ދަތިވެދާނެ ކަމަށާއި ނަމަވެސް ތިން އަހަރަށްފަހު މިއީ ބަދަލެއް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށްވެސް ޒިދާން ބުންޏެވެ. އަދި މިވަގުތު އެހެން ކްލަބަށް ކޯޗުކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ޒިދާން ބުންޏެވެ.

"ރެއާލް ދޫކޮށްލަންޖެހޭ ވާހަކަ ބުނުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު މިއަދަކީ އަހަންނަށް ހިތާމަވެރި ދުވަހެއް ނޫން. ކޯޗުކަމުން ވަކިވި ނަމަވެސް މި ކްލަބާއި ވަރަށް ގާތުގައި އަހަރެން އަބަދުވެސް ހުންނާނަން. އެކަމަކަށް ބަދަލެއް ނާންނާނެ" ފްރާންސް އަށް އުފަން ކޯޗު ބުންޏެވެ.

ޒިދާންގެ މި ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ މިއަދަކީ ރެއާލް އަށް ހިތާމަވެރި ދުވަހެއް ކަމަށާއި މިއީ އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.

"މިއީ އެއްގޮތަކަށް ވެސް އަހަރުމެން އުއްމީދުކޮށްގެން ތިބި ކަމެއް ނޫން. މިއަދަކީ އަހަންނަށް ވެސް އަދި މުޅި ރެއާލް އަށް ވެސް ހިތާމަވެރި ދުވަހެއް. ފާއިތުވި އަހަރުތަކުގައި ޒިދާންކޮށްދިން ކަންތައްތަކަށް އަހަރުމެން ޝުކުރުވެރިވަން. އަހަންނަށް ޔަގީން އަދި ޒިދާން އެނބުރި މި ކްލަބަށް އަންނާނެކަން" ޕެރޭޒް ވިދާޅުވިއެވެ.

ރެއާލްގެ ކޯޗުކަމާއި ޒިދާން ހަވާލުވީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް އިން 149 މެޗު ކުޅުނުއިރު 104 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. ރެއާލް ބަލިވެފައިވަނީ 16 މެޗުންނެވެ.

ޒިދާން ވަނީ އަށް ތައްޓެއް ރެއާލްއާއެކު ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެއެވެ. މިއީ ޗެމްޕިއަންސް ލީގުގެ މުޅިން އާ ރެކޯޑެއް ވެސް މެއެވެ.

މީގެއިތުރުން ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަރ ކަޕާއި ޔޫއެފާ ސުޕަ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބު ވޯލްޑް ކަޕް ޒިދާން ވަނީ ދެ ފަހަރެއްގެ މަތިން ރެއާލް އަށް ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަމަ ރަނގަޅު
    ދެން ދޭ މަހަށް

  2. ދެން ހުރެއްޖެއްޔަ ސިހުުރު އަތަށް ގޮވާނީ

  3. ޙިތާމައިގެ ފެށުން މީ

  4. ޒިދާން އެއީ ފްރާންސް އަށް އުފަން މީހެއްތަ ހަަމަ

  5. ވަރަށް ކަޑަ