މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް ބީގައި ޓްވިންސް ގާޑަން ބަލިކޮށް އެންއެސް ރޯމާގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި މެޗު އެންއެސް ރޯމާ ކާމިޔާބުކޮށްފައިވަނީ 8-6 ގެ ނަތީޖާއަކުންނެވެ. ގިނަ ގޯލުތަކެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް މޮޅު ކުޅުމެއް ކުޅެފައިވެއެވެ.

މުބާރާތުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. ޓްވިންސް ގާޑަން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު އެއްވަރުވީ ޑީސީ އެވެންޖާސް އާއި ވާދަކޮށް 4-4 ގެ ނަތީޖާއަކުންނެވެ. އަދި އެންއެސް ރޯމާ ކުޅުނު މެޗުން އެއްވަރުވީ ޒެޕޯ އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުންނެވެ.

އެންއެސް ރޯމާއާއި ޓްވިންސް ގާޑަން ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި އެންއެސް ރޯމާގެ ސަފްވާން ރަމްޒީ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމަށް ދެން ލަނޑުތައް ޖަހައިދިނީ ހެޓްރިކެއް ހެދި ސިނާން އިބްރާހިމް ރަޝީދާއި ހުސެއިން އިބްރާހިމް އެވެ. ޓްވިންސް ގާޑަން ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އަހުމަދު ޒިދާން އާއި ހައިޝަމް ރަޝީދުގެ އިތުރުން މުހައްމަދު އަރާޝް އެވެ. މީގެތެރެއިން ހައިޝަމް ރަޝީދު ވަނީ ހެޓްރިކް ހަދާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެންއެސް ރޯމާ ޓީމަށް ހަތަރު ލަނޑު ޖެހި ސަފްވާން ރަމްޒީ އެވެ. އޭނާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވާމަންޓް އޮފް ގެމަނަފުށި ގެ ސެކްރެޓަރީ ސައްފާހު އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.