މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިއަށް ގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ސްކޮޑްރާ ސްޕޯޓްސް ކުލަބާއި ވީކޭ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މުބާރާތުގެ ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމު ވެސް ކުޅުނު ފުރަަތަމަ މެޗުން މޮޅުވިއެވެ. ވީކޭ މޮޅުވީ ބޮންގް ބޮއިސް އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. އަދި ސްކޮޑްރާ ސްޕޯޓްސް ކުލަބް މޮޅުވީ ދަ ގޯޅި އާއި ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ވީކޭ ޓީމަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަލީ ހާފިޒް (ހާއްޕެ) އެވެ. އަދި ސްކޮޑްރާ ސްޕޯޓްސް ކުލަބަށް މި މެޗުގައި ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ އިސްމާއީލް ނަސީމް އާއި އަބްދުﷲ ސިނާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކޮޑްރާ ސްޕޯޓްސް ކުލަބުގެ އިސްމާއިލް ނަސީމްއެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ޓްރިޕަލް އޭ އެޗްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް މުހައްމަދުއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާއެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީއެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސްއެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗްއެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.