"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ލުއްޗާޒް 8-2 ގެ ނަތީޖާއަކުން ބަލިކޮށް ނޮއެނާ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައި، ދެވަނަބުރުގެ އުއްމީދު އާކޮށްފިއެވެ.

މުބާރާތުގައި ނޮއެނާ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ސީކޭ އަތުން 2-1 އިންނެވެ. އަދި މިއަދުގެ މެޗުން ބަލިވި ލުއްޗާޒް ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. އެ ޓީމު ބަލިވީ މަސްއޮޑި އޮރިޖިނަލްސް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ނޮއެނާ އާޢި ލުއްޗަޒް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގައި އެންމެ ބޮޑަށް ވިދާލީ ނޮއެނާ ޓީމުގެ ޝައިފާން އަހުމަދު މަނިކެވެ. އޭނާގެ ފަރާތުން މިއަދުގެ މެޗުން ނޮއެނާ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މި މެޗުގައި ޝައިފާން އެކަނިވެސް ވަނީ ޖުމްލަ ފަސް ގޯލު ޖަހާފައެވެ. މި މެޗުގައި އެ ޓީމަށް ދެން ލަނޑުތައް ޖަހައިދިނީ މުހައްމަދު ރިފާއު އާއި ހުސައިން އަފްޒަލްއެވެ. މީގެތެރެއިން މުހައްމަދު ރިފާއު ދެ ގޯލު ކާމިޔާބުކުރިއެވެ. ލުއްޗާޒްގެ ދެ ގޯލު ޖެހީ ހަސަން ސަލާހު އަދި ޝާފިއު ސުއޫދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަސް ގޯލާއެކު މެޗުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ޝައިފާން އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުތައް

20:00- މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބް - ނަމުރު އެފްސީ

21:00- ކުޑަހެންވޭރު ޔުނައިޓެޑް - މަސްއޮޑި ސްޕޯޓްސް ކުލަބް

22:00- ބޫޗީޒް - ބުރު ސްޕޯޓްސް ކުލަބް

23:00- ޒެޕޯ - ޑީސީ އެވެންޖާސް