"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ކުޑަހެންވޭރު ޔުނައިޓެޑު އަތުން މަސްއޮޑި ސްޕޯޓްސް ކުލަބް މުހިއްމު މޮޅެއް ހޯދައިފިއެވެ.

މި މެޗު މަސްއޮޑި ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. ވަކިން ހާއްސަކޮށް މަސްއޮޑި ސްޕޯޓްސް ކުލަބުން މި މެޗުގައި ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު މަސްއޮޑި ސްޕޯޓްސް އޮތީ ހަ ޕޮއިންޓާއެކު އެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވީ 9-0 ގެ ނަތީޖާއަކުންނެވެ. ކުޑަހެންވޭރު ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުންވެސް އެ ޓީމު މޮޅުވިއެވެ. އެއީ ޒެފާސް އާއި ވާދަކޮށް 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވި ނަމަވެސް އަދިވެސް ކުޑަހެންވޭރު ޔުނައިޓެޑަށށް ދެވަނަބުރުގެ އުއްމީދު އެބައޮތެވެ.

ކުޑަހެންވޭރު ލަޔަންސް އާއި މަސްއޮޑި ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން

ފުޓްސަލްގެ ތަރިން ތިބި މަސްއޮޑި ސްޕޯޓްސް ކުލަބަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އަޔާޒް އަހުމަދު (އަޔާ) އާއި ރިހާމް އަބްދުލް ޢަނީ (ބޮބީ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަޔާ އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ