ބްރެޒިލްގެ ހަތަރުވަނަ ޑިވިޝަނުގެ ޕަލްމާސް ޓީމު ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއް ވެއްޓި އޭގެން ދަތުރުކުރި އެ ކުލަބުގެ ރައީސް އާއި ހަތަރު ކުޅުންތެރިން މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މަތިންދާބޯޓު ވެއްޓިފައި ވަނީ ނައްޓާލަން އުޅުމުގެ ތެރޭގައި ރަންވޭ ކަޓައިގެން ދިއުމުގެ ތެރޭގައެވެ. ބޯޓު ވެއްޓުމުގެ އެ ހާދިސާގައި މަރުވެފައިވަނީ އެ ކްލަބްގެ ރައީސް ލޫކަސް މެއިރާ ގެ އިތުރުން ހަތަރު ކުޅުންތެރިން ކަމަށްވާ ލުކަސް ޕްރަޒެޑެސް، ގުލްހާމް ނޯ، ރަނުލޭ އަދި މާކަސް މޮލިނަރީ އެވެ. އެ ފްލައިޓް ނައްޓާލީ ޕްރައިވެޓް އާދައިގެ ރަންވޭއަކުން ކުޑަ މަތިންދާބޯޓެއްގައެވެ.

މީގެއިތުރުން މި ހާދިސާގައި އެ ބޯޓު ދުއްވަން އިން ޕައިލެޓުވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބޯޓުން ދަތުރުކުރި ހަތަރު ކުޅުންތެރިންނަކީ މި ސީޒަނުގައި އެ ޓީމާއި ގުޅުނު ހަތަރު ކުޅުންތެރިންނެވެ. އަދި މިދިޔަ ހަފުތާގައި މީގެތެރެއިން ތިންނ ކުޅުންތެރިއަކު ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި ޓީމާއި ވަކިން މި ތިން ކުޅުންތެރިން ދަތުރުކުރަން ވެސް ޖެހުނީ އެހެންވެ އެވެ.

ޓީމުގެ ކުޅުންތެރިންނާއި އެކު އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން
މި ކުޅުންތެރިންނާއެކު އެ ކުލަބުގެ ރައީސް ދަތުރުކުރަމުން ދިޔައީ ކޮޕަ އިޓާލިއާގައި ރަށުންބޭރުގައި ވިލަނޯވާ އާއި ދެކޮޅަށް ކުޅެން އޮތް މެޗަށެވެ. މި މުބާރާތުގައި ބްރެޒިލްގެ ނޯތު އަދި ސެންޓްރަލް ވެސްޓް ސަރަހައްދުން ޖުމްލަ 24 ޓީމު ވާދަކުރެއެވެ.
"މި ހާދިސާގައި އެއްވެސް މީހެއް ސަލާމަތެއް ނުވޭ، މިއީ ވަރަށް ހިތްދަތި ވަގުތުކޮޅެއް، ކުލަބުން އެދެނީ މަރުވި އެންމެންގެ އާއިލާތަނަށް ވީ އެންމެ ބޮޑަކަށް އެހީވެދިނުން" ކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބްރެޒިލްގެ މަައި ފުޓުބޯޅަ އިދާރާއިން ވަނީ ހޯމަދުވަހު ކުޅެން ހަމަޖެހިފައި އޮތް މި މެޗު ފަސްކޮށްފައެވެ. އަދި އެ ކުލަބުގެ އެހެން ކުޅުންތެރިންނަށް ވަގުތު ދިނުމުގެ ގޮތުން ފަރިތަކުރުންތައް ވެސް ވަނީ މެދުކަނޑާލާފައެވެ. މި ހާދިސާއާއި ގުޅިގެން ދިމާވި މައްސަލަ ބެލުމަށް ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ މަސައްކަތް ފަށާފައެވެ.