މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ބޮންގް ބޮއިސް އަތުން ދަ ގޯޅި ސްޕޯޓްސް ކުލަބް މޮޅެއް ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ސީގައި ބޮންގް ބޮއިސްއާއި ވާދަކޮށް ދަ ގޯޅި މި މެޗު ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި ދަ ގޯޅި ޓީމުގެ ފުރަތަމަ މޮޅެވެ.

ދަ ގޯޅި އަދި ބޮންގް ބޮއިސް ކުޅުނު ފުރަތަމަ މެޗުން ވީ ބައްޔެވެ. ބޮންގް ބޮއިސް ކުޅުނު ފުރަތަމަ މެޗުން ބަލިވީ ވީކޭ އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. އަދި ދަ ގޯޅި ސްޕޯޓްސް ކުލަބް ބަލިވެފައިވަނީ ސްކޮޑްރާ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

މި ދެޓީމުން ވެސް ކުޅުނު ފުރަތަމަ މެޗުން ވީ ބައްޔެވެ. އެގޮތުން ވީކޭ އަތުން ބޮންގް ބޯއީސް ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. އަދި ސްކޮޑްރާ އަތުން ދަ ގޯޅި ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދަ ގޯޅީގެ މުއާޒް އަލީގެ ފަރާތުން ދެގޯލް ފެނިގެން ދިޔައިރު ދެން އެޓީމުން ގޯލް ޖެހީ އިބްރާހިމް މާޒް ސައީދެވެ. އަދި ބޮންގް ބޯއީސްގެ ގޯލްތައް މި މެޗުގައި ޖެހީ ތޯއިފް އަބްދުލްރައްޒާގާއި އަބްދުﷲ ނާސިފެވެ.

މި މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ގޯޅިއަށް ދެ ގޯލް ކާމިޔާބު ކޮށްދިން މުއާޒް އަލީއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ