މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ވޯންޓެޑް ބަލިކޮށް ތިމަރަފުށި ޔޫތު ޕްލެޔާސް (ޓީޥައިޕީ) ފުރަތަމަ މޮޅު ހޯދައިފިއެވެ.

ވޯންޓެޑް އަތުން ތިމަރަފުށި ޔޫތު ޕްލެޔާސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދިއެވެ.

މުބާރާތުގައި ޓީވައިޕީ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ދަ ރޯޔަލްސްއާއި ވާދަކޮށް 6-1 ގެ ނަތީޖާއަކުންނެވެ. ވޯންޓެޑް ކުޅުނު ފުރަތަމަ މެޗުން ވީ އެއްވަރެވެ. އެ ޓީމު އެއްވަރުވީ ކުޑަހެންވޭރު ލަޔަންސް އަތުން 2-2 ގެ ނަތީޖާއަކުންނެވެ.

ޓީވައިޕީ އާއި ވޯންޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ތިމަރަފުށި ޔޫތު ޕްލެޔާސްއަށް މި މެޗުގައި ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ ގޯލްތައް ޖަހައިދިނީ އަހްމަދު ޝައްދާން އާއި އަހްމަދު ޝަހްޒާންއެވެ. ވޯންޓެޑްގެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިއަކީ އަލީ އަސްވަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށި ޔޫތު ޕްލެޔާސްގެ އަހުމަދު ޝަައްދާން އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ