މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް އެފްގައި މަސްއޮޑި އޮރިޖިނަލްސް 3-1 އިން ބަލިކޮށް ސީކޭ މުހިއްމު މޮޅެއް ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް އެފްގައި މަސްއޮޑި އޮރިޖިނަލްސް އަދި ސީކޭ ކުޅުނު ފުރަތަމަ މެޗުންވެސް ވަނީ މޮޅުވެފައެވެ. މަސްއޮޑި އޮރިޖިނަލްސް ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވީ ލުއްޗާޒް އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. އަދި ސީކޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ ނޮއެނާ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

މަސްއޮޑި އޮރިޖިނަލްސް އާއި ސީކޭ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަބުރަށް ދަތުރުކުރުމުގެ ފުރުސަތު އަދިވެސް މި ދެ ޓީމަށް އެބައޮތެވެ. މެޗުގައި ސީކޭ ޓީމަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ނައުފަލް އާއި އަހުމަދު ނަސީމްއެވެ. މީގެތެރެއިން މުހައްމަދު ނައުފަލް ދެ ގޯލު ޖެހިއެވެ. މަސްއޮޑި އޮރިޖިނަލްސް ޓީމަށް މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މިބޫ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީކޭ ގެ މުހައްމަދު ނައުފަލް އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސީކޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ލުއްޗާޒް އާއެވެ. މި މެޗު ކުޅޭނީ އަންނަ ބުދަދުވަހު އެވެ. އަދި މަސްއޮޑި އޮރިޖިނަލްސް ކުޅޭ ގްރޫޕުގެ ފަހު މެޗުގައި އެ ދުވަހުގެ ރޭ ބައްދަލުކުރާނީ ނޮއެނާ އާއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.