މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ޒެފަޔަރަސް އަތުން އެފްސީ ޗިކަން ފުރިހަމަ މޮޅެއް ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ޖީގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި މެޗު އެފްސީ ޗިކަން ކާމިޔާބުކޮށްފައިވަނީ 10-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗިކަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މި މެޗުގައި އެފްސީ ޗިކަން ޖެހި ދިހަ ގޯލުގެ ތެރެއިްނ ފަސް ގޯލު ޖަހާފައިވަނީ އަހުމަދު ހަމްދާން އެވެ. އެ ޓީމަށް ދެން ގޯލުތައް ޖަހައިދިން ކުޅުންތެރިންނަކީ ހެޓްރިކް ހެދި މުހައްމަދު އަނަސް އާއި ދެ ގޯލު ޖެހި އިބްރާހިމް ނަދާދު އެވެ. ޒެފަޔަރސް ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ މާހިލް މުހައްމަދާއި ސަލްމާން ރަޝީދުގެ އިތުރުން އަބޫބަކުރު ރުޝްދާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗިކަން އެފްސީގެ ފަސް ލަނޑު ޖެހި އަހުމަދު ހަމްދާން އެވެ.

މުބާރާތުގައި އެފްސީ ޗިކަން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތުގެ އެއް ފެވަރިޓް މަސްއޮޑި ސްޕޯޓްސް ކުލަބާއެވެ. އެ މެޗު މަސްއޮޑި ސްޕޯޓްސް ކުލަބް ކާމިިޔާބުކުރީ 9-0 ގެ ނަތީޖާއަކުންނެވެ. ޒެފަޔަރސް އަތުން ހޯދި މި މޮޅާއެކު މިއީ މި މުބާރާތުގައި އެފްސީ ޗިކަން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން މިއީ ޒެފަޔަރސް މި މުބާރާތުގައި ބަލިވި ދެވަނަ މެޗެވެ. ފުރަތަމަ މެޗުން އެ ޓީމު ބަލިވީ ކުޑަހެންވޭރު ޔުނައިޓެޑު އަތުން 7-0 އިންނެވެ.

އެފްސީ ޗިކަން އާއި ޒެފަޔަރސް ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.