މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް އޭގެ އެއްވަނަ މަޤާމާއެކު ކުލަބް އޯވަންއޯ ގްރޫޕު ސްޓޭޖު ނިންމާލައިފިއެވެ.

ގްރޫޕް އޭގެ އެއްވަނަ މަޤާމާއެކު ކުލަބް އޯވަންއޯ ގްރޫޕްސްޓޭޖު ނިންމާލީ ގްރޫޕުގެ ފަހު މެޗުގައި ރެމްޕޭޖްގެ މައްޗަށް 7-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އޯވަންއޯ އެއްވަނަ ހޯދީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ. މެޗުން ބަލިވިނަމަވެސް ރެމްޕޭޖް ވެސް ވަނީ ދެވަނަ މަޤާމާއެކު ދެވަނަބުރަށް ދަތުރުކޮށްފައެވެ.

ކުލަބް އޯވަންއޯ އާޢި ރެމްޕޭޖް ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި ކުލަބް އޯވަންއޯ ޓީމަށް ލަނޑުތައް ޖަހައިދިނީ ދެ ގޯލު ޖެހި ޖުމެއިލް ޖަމީލް އާއި އިބްރާހިމް އަސްވަދު (ގަބޭ) އާއި އަލީ ޝިފާއު (ރޮނާ) އަދި މުހައްމަަދު އިމްރާނެވެ. މީގެތެރެއިން ގަބޭ ފިޔަވާ އެހެން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ރެމްޕޭޖް ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ނަސްރު މުހައްމަދު ދީދީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް އޯވަންއޯ ގެ އަލީ ޝިފާއު (ރޮނާ) އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.