މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް ބީ އިން ޑީސީ އެވެންޖާސް އާއި އެންއެސް ރޯމާ ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ދެވަނަބުރަށް މި ދެ ޓީމު ދަތުރުކުރީ ގްރޫޕުގެ ފަހު މެޗުގައި މިި ދެ ޓީމު ކުޅުނު މެޗު 3-3 އިން އެއްވަރުވުމާއެކު އެވެ. މި ނަތީޖާއާއެކު ދެވަނަބުރަށް އެންއެސް ރޯމާ ދަތުރުކުރީ އެއްވަނައިގައި އޮވެއެވެ. އެ ޓީމަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ދެވަނަ މަޤާމާއެކު ދެވަނަބުރަށް ދަތުރުކުރި ޑީސީ އެވެންޖާސް ވެސް އޮތީ ހަމަ ހަތަރު ޕޮއިންޓާއެކު އެވެ. އެ ޓީމަށް ދެވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

ޑިސީ އެވެންޖާސް އާއި އެންއެސް ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި ޑީސީ އެވެންޖާސް އަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ވިސާމް އާއި މުބާހު ސައީދުގެ އިތުރުން އަހުމަދު ޝަމީމް އެވެ. އެންއެސް ރޯމާ ޓީމަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޒިހުނީ އާއި ސަފްވާން ރަމްޒީ އަދި ސިނާން އިބްރާހިމް ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީސީ އެވެންޖާސްގެ މުހައްމަަދު ވިޝާމް އެވެ. މި ނަތީޖާއާއެކު މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ޓްވިންސް ގާޑަން އާއި ޒެޕޯ ވަނީ މުބާރާތާއި އަލްވަދާއު ކިޔާފަައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.