މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިއަށް ގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް ސީގެ ދެ ވަނަ ޓީމުގެ ގޮތުގައި ވީކޭ ދެ ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ވީކޭ ދެ ވަނަ ބުރަށް ދަތުރުކުރީ އެ ޓީމު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދަ ގޯޅި އާއި 2-2 އިން އެއްވަރުކޮށްގެންނެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވެގެން ޖުމްލަ ފަސް ޕޮއިންޓާއެކުއެވެ. މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަބުރުގެ ޖާގަ ކަށަވަރުކުރީ ސްކޮޑްރާއެވެ. އެ ޓީމު އެއްވަނައިގައި އޮތީ ޖުމްލަ ހަތް ޕޮއިންޓާއެކުއެވެ. މި މެޗުން މޮޅުވެގެން ދަ ގޯޅިއަށް ވެސް ދެވަނަބުރަށް ދެވެން އޮތެވެ.

މި މެޗުގައި ވީކޭ ޓީމުގެ ދެ ލަނޑުވެސް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޝާއްޕެއެވެ. ދަ ގޯޅި ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ހާރޫން އިބްރާހިމް އާއި އިބްރާހިމް މާޒް ސައީދުއެވެ. މި ނަތީޖާއާއެކު ދަ ގޯޅި މުބާރާތުން ކެޓީ ޖުމްލަ ހަތަރު ޕޮއިންޓާއެކުއެވެ. އަދި ބޮންގް ބޮއިސް މުބާރާތުން ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެއެވެ.

މުބާރާތުގައި މިއަދު (27 ޖެނުއަރީ 2021) ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ("މަޅި އެމްވީ" ފޭސްބުކް ޕޭޖުން ލައިވް ކުރާނެ)

16:00: ތިމަރަފުށި ޔޫތް ޕްލެޔާސް (ޓީވައިޕީ) - ކޭއެޗް ލަޔަންސް

17:00: ވޯންޓެޑް - ޑަ ރޯޔަލްސް

20:00: އެފްސީ ޒެފިޔާ - ނަމުރު އެފްސީ

21:00: މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބް - އާން ދޯ

22:00: މަސްއޮޑި އޮރިޖިނަލްސް - ނޮއެނާ

23:00: ސީކޭ - ލުއްޗާޒް

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.