ކޮޅުމަޑުލު ހިރިލަންދޫގެ ޖަމިއްޔާއެއް ކަމަށްވާ " ހިރިލަންދޫ އެޑިޔުކޭޝަން އެންޑް ސޯސަލް ސޮސައިޓީ ( ހެސް) އިންތިޒާމުކޮށްގެން އެރަށުގައި ބާއްވާ " ހެސް ފުޓްސަލް ގޭމް 2018" ޖޫން މަހުގެ 16 ވަނަ ދުވަހު ފަށުމަށް ހަމަޖެހިއްޖެއެވެ.

އަތޮޅުގެ ހަތަރު ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވެރިވެއެވެ. މިމުބާރާތަކީ ފިތުުރު އީދު ފާހަގަ ކުރުމަށާއި އަވަށްޓެރި ރަށްތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި ގުޅުން ބަދަހިކޮށް ފުޓްސަލްގެ ރޮގުން ޒުވާނުނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުން ކަމުގައި ހެސް އިން ބުނެއެވެ.

" އަޅުގަނޑުމެން މި މުބާރާތް މި ބާއްވަނީ ފިތުރު އީދު ފާހަގަ ކުރުމަށާއި ކައިރީގައިވާ ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށް. އަދި ޒުވާނުން ފުޓްސަލްއަށް އަހުލުވެރިކުރުމަށް" "ވަގުތަށް" މައުލޫމާތު ދެމުން އެ މުބާރާތުގެ އިވެންޓް ކޯޑިނޭޓަރ އިބްރާހިމް ރިޒާ ވިދާޅުވިއެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށައެޅިފައިވާ މި މުބާރާތް ކުރިއަށް ދާނީ ޖޫން މަހުގެ 16 ވަނަ ދުވަހުން އެ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިތުރު އީދާ ދިމާކޮށް ކުރިއަށް ގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ކޮކަރ ކޯލާއެވެ. އަދި ކޯ ސްޕޮންސަރުނަކީ އޭޑީކޭ ކޮމްޕެނީ އަދި ސޮނީ ސްޕޯޓްއެވެ. މި މުބާރާތުގެ މީޑިއާ ޕާޓުނަރަކީ ވަގުތު އެމްވީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްސަ

    ވަރަށް ރަނގަޅު ކަމެއްތީ ކައިރި ރައްރަށަށް ފުރުސަތު ދީގެން މުބާރާތް އިންތިޒާމު ކުރާކަން. ކުރިއަށް ކުރިއަށް