އޭއެފްސީގެ އިންތިޚާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ ޝެއިޚް އަޙްމަދު އަލް-ފަހަދު އަލް-ސަބާހު ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައިގައި ރާއްޖޭގެ މާޔަން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މި މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ވަނީ ރާއްޖޭގެ މަރިޔަމް މުޙައްމަދު (މާޔަން) އަށް ތާއީދުކޮށްފައެވެ. ނަމަވެސް އެ ކޯޓަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރެއް ލިބިފައެއް ނުވެއެވެ.

މާޔަން ހުށައެޅި މައްސަލައަކީ އިންތިޚާބުގައި އެ ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުންގެ ސައުތު ޒޯނުގެ ގޮނޑި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއަށް ކާމިޔާބުކޮށްދެއްވަން ޝެއިޚް އަޙްމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރި ކަމަށެވެ.

އޭއެފްސީގެ އިންތިޚާބުގައި އެ އިދާރާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެންބަރުގެ ގޮނޑިއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނޮމިނޭޓްކުރި މާޔަންއަށް ވަނީ ނާކާމިޔާބުވެފައެވެ. މި މައްސަލަ ފީފާގެ އިލެކްޓޯރަލް ކޮމިޓީން އިތުރަށް ތަހުގީގުކުރުމަށް އެތިކްސް ކޮމިޓީއަށް ފޮނުވީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި ފީފާގެ އެތިކްސް ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސީއޭއެސްއަށް ހުށައަޅުމަށްފަހު މި މައްސަލަ ބަލަން ފަަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މި އިންތިޚާބުގައި ޖިންސީ ތަފާތުކުރުން ހުއްޓުވިފައިނުވާ ކަމަށް ކޯޓް އޮފް އާބިޓްރޭޝަނުން ނިންމި ނިންމުމުގައި ވެއެވެ. އަދި 2019 ވަނަ އަހަރު ކުރިއަށްދިޔަ އިންތިޚާބަށް ނުފޫޒުފޯރުވާފައިވާ ކަމަށް ކަނޑައަޅާފައިވެއެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް ހާމައެއްނުކުރެއެވެ. އިންތިހާބު އަލުން ބޭއްވުމަށް މާޔަން ހުށައެޅި ހުށައެޅުން ވަނީ ބޭރުކޮށްލާފައެވެ. އެ ބަޔާނުގައި ވަނީ އެދިފައިވާ ގޮތަށް އިންތިޚާބުގެ ނަތީޖާތައް ބާތިލުކުރުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން މާޔަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ހުށަހެޅި މައްސަލައިގައިވާ ކަންތައްތައް ސީއޭއެސްއަށް ސާބިތުވެފައިވާތީ އެކަމާ އުފާކުރާ ކަމަށެވެ. އެކަމަކު ކަންބޮޑުވާ ކަމަކީ އޭއެފްސީގެ އެ އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ނުނިންމުން ކަމަށާއި، މިހާރު މިކަމުގައި ވީ އެންމެ އަވަހަށް އިންސާފުވެރި ނިންމުމެއް ނިންމަން ޖެހޭ ބަޔަކީ އޭއެފްސީ ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެއްޔާ

    ފެމިނިސްޓުންނަށް ބުނެލަން.. ވަލީ ދިނުމާއި، ހުކުރަށް ދިއުމާއި، އިމާމުވެ ނަމާދު ކުރުމާއި، ވަރި ކުރުމުގެ އިޚްތިޔާރާއި، އިސްލާމް ދީނުގައި މި ނޫނަސް ފިރިހެނުންނަށް މަތިކޮށްފައިވާ އިޚްތިޔާރު ތަކަކީ އަންހެނުންނަށް ކުރެވޭނެ ކަންތަކެއް ނޫން.. އެއި އިލާހީ ޤާނޫނު.. އޭގެ މައްޗަށް ޤާނޫނެއް ހަދައި އަންހެން ފިރިހިހެން ހަމަ ހަމަ ކުރުމޭ ކިޔާ ވާހަކަ ދެއްކުމުގެ "ޙައްޤު" އަހަރުމެންނަކަށް ނެތް..

    38
    2
    • ޜަޟީ

      މީ މުދިންކަން ބާ

      1
      2
  2. ބޯހަލާކު

    ތީއަބަދު ހަމައިގަހުންނަ ތަގަރިއައް ވަރައް ލޯބިވާ ކުއްޖެއް (ހިންނަވަރު ރޮޔަލް ޓީމްގެ ބޭފުޅެއް) ޓީމް އީވާ

    20
    5
    • ޒިއުކް

      އެއްވެސް ހިންނަވަރަކާ ރޯޔަލްކާ ގުޅުނެއް ނޯންނާނެ..ކެނެރީއާ ގުޅުން އޮވޭ

      13
      1
  3. ޖިންސު

    ބަންގްލަދޭޝްގެ މަހްފޫޒާ އެއީ އަނަހެނެއްނޫންތަ ؟ ކޮބާ ޖިންސުތަފާތުކުރިކަ މަށް ވެފަ؟

    10