މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް އީ އިން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް "އާން ދޯ" ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް އީގައި ކުޅުނު ފަހު މެޗުން މޮޅުވެ އާން ދޯ ދެވަނަބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބް (އެމްޔޫއެސްސީ) 9-4 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި ނަތީޖާއާއެކު އާން ދޯ ދެވަނަބުރުގެ ޖާގައެއް ކަށަވަރުކުރީ ޖުމްލަ ހަ ޕޮއިންޓާއެކު ދެވަނަ ހޯދައިގެންނެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދަތުރުކުރީ އެފްސީ ޒެފިއާ އެވެ. އެ ޓީމު އެއްވަނަ ހޯދީ ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. މި ނަތީޖާއާއެކު ގްރޫޕުގެ ތިންވަނަ ހޯދި އެމްޔޫއެސްސީ އާޢި ހަތަރުވަނައިގައި އޮތް ނަމުރު އެފްސީ ވަނީ މުބާރާތުން ކަޓާފައެވެ.

މި މެޗުގައި އާން ދޯ ޓީމުގެ ލަނޑުތައް ޖަހައިދިނީ މޫސާ ނާޖިހު، މުހައްމަދު ޒާމިލް، އާދަމް މަންސޫރު، އިބްރާހިމް ސަލާމް އަދި އަބްދުﷲ ސިމާހު އެވެ. މީގެތެރެއިން ސިމާހު ފިޔަވާ އެހެން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހާފައެވެ.

މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ރާއިދު ރަފީއު އާއި އަލީ ސިނާހު އެވެ. މިއިން ކޮންމެ ކުޅުންތެެެރިއަކު ވަނީ މި މެޗުގައި ދެ ގޯލު ޖަގާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އާން ދޯ ޓީމުގެ އިބްރާހިމް ސަލާމް އެވެ.

މ

މުބާރާތުގައި މިއަދު (28 ޖެނުއަރީ 2021) ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.