މާލޭގައި މިހާރު ކުރިއަށްދާ އެންމެ ފޯރިފަދަ ފުޓްސަލް މުބާރާތް ކަމަށްވާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ދެ ވަނަ ބުރުގައި ވާދަކުރާ ފޯރިގަދަ މެޗުތައް މިރޭ ފަށާނެއެވެ.

ޖުމްލަ 32 ޓީމު އަށް ގްރޫޕަކަށް ބަހާލައިގެން ފެށި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފޯރިގަދަ، އަދި ވާދަވެރި މެޗުތަކެއް ފެނިގެންދިޔައެވެ. އަދި ހިތްގައިމު ރީތި ގޯލުތަކަކާއި ހުނަރުން ފުރިގެންވާ ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދިޔައެވެ.

ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް އަދި ފުޓުބޯޅައިގެ ތަރިންގެ ރީތި، ހިތްގައިމު ގޯލުތަކެއް މި މުބާރާތުގެ ގްރޫޕް ސްޓޭޖުން އެކަނި ވެސް ފެނިގެންދިޔައިރު ދެ ވަނަ ބުރުގައި އެއަށްވުރެ ވާދަވެރި މެޗުތަކެއް ފެނިގެންދާނެކަން ޔަގީނެވެ.

މުބާރާތުގެ ދެ ވަނަބުރުގެ މެޗުތައް ކުރިއަށް ދާނީ ދެ ރެއަކަށް ބަހާލަައިގެންނެވެ. ހުކުރު ދުވަހުގެ ރޭ ހަތަރު މެޗު ކުޅޭއިރު ހޮނިހިރު ދުވަހުގެ ރޭ ވެސް ޖުމްލަ ހަތަރު މެޗު ކުޅޭނެއެވެ. މި ބުރުން މޮޅުވާ ޓީމުތައް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ބަލިވާ ޓީމުތައް މުބާރާތައި ވަކިވާނެއެވެ. އެއަށްފަހު މުބާރާތުގެ ކުއާޓާފައިނަލްގެ މެޗުތައް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑެވެ.

ކުއާޓާ ފައިނަލުން މޮޅުވާ ޓީމުތަކާއެކު މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ފެބްރުއަރީ އެކެއްގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ރޭ 21:00 ގައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭންގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.