މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިއަށް ގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވަރުގަދަ މަސްއޮޑި ސްޕޯޓްސް އާއި ނޮއެނާ ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ އެއް ފެވަރިޓް މަސްއޮޑި ސްޕޯޓްސް ކުލަބް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެ ވަނަބުރުގައި ބޫޗީސް 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ނޮއެނާ ކުއާޓާފައިނަލަށް ދަތުރުކުރީ ދެ ވަނަ ބުރުގައި އެފްސީ ޒެފިއާއާ ވާދަކޮށް 1-0 އިން އެ ޓީމު ބަލިކޮށްގެންނެވެ.

ނޮއެނާ އާއި ޒެފިއާ ބައްދަލުކުރި މެޗުގައި ނޮއެނާ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ހުސެއިން އަފްޒަލްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނޮއެނާ ޓީމުގެ އަލީ ހައިޝަމްއެވެ.

މަސްއޮޑި ސްޕޯޓްސް ކުލަބް ކުޅުނު މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި ބޫޗީސް ޓީމު ކޮޅަށް ގިނަ ގޯލުތަކެއް ޖެހިއިރު ޓީމެއްގެ ސިފައިގައި މި މެޗުގައި މަސްއޮޑި ސްޕޯޓްސް ކުލަބް މޮޅު ކުޅުމެއް ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ. މި މެޗުގައި މަސްއޮޑި ސްޕޯޓްސް ކުލަބް ޓީމުން ޖެހި ދިހަ ގޯލުގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަހުމަދު އަޔާޒް (އަޔާ) އެެވެ. މި މެޗުގައި އެ ޓީމަށް ދެން ގޯލުތައް ޖަހައިދިނީ ދެ ގޯލު ޖެހި އިބްރާޙިމް މުބީން އަހުމަދު (މުއްކި) އާއި އަހުމަދު ސަވީލް އަދި ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ.

ނޮއެނާ އާޢި ޒެފިއާ ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގެ ކުއާޓާފައިނަލުގެ ތިންވަނަ މެޗުގައި މަސްއޮޑި ސްޕޯޓްސް ކުލަބާއި ނޮއެނާ ބައްދަލުކުރާނީ މިރޭ 22:00 ގައެވެ. މި މެޗު "މަޅި އެމްވީ" ފޭސްބުކް ޕޭޖުން ވަގުތުން ފެންނާނެ އެވެ.

މަސްއޮޑި ސްޕޯޓްސްއާޢި ބޫޗީޒް ަބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ދެނީ

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.