"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގެ ތިންވަނަ މެޗުގައި ނޮއެނާ 5-0 ގެ ތަފާތަކުން ބަލިކޮށް މުބާރާތުގެ އެއް ފެވަރިޓް މަސްއޮޑި ސްޕޯޓްސް ކުލަބް ސެމީފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ހާފު ފެނުނީ ވާދަވެރިކޮށެވެ. މި ހާފުގައި މަސްއޮޑި ސްޕޯޓްސް ކުލަބުން ގިނަަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި ހާފުގައި ނޮއެނާ ޓީމުން ވަރަށް ރަނގަޅަށް މަސައްކަތްކުރި އެވެ. ފުރަތަމަ ހާފު ނިމުނީ އެއް ގޯލުގެ ލީޑަކާއެކު މަސްއޮޑި ސްޕޯޓްސް ކުލަބް ކުރީގައި އޮވެގެންނެވެ. މި ލަނޑަކީ ނޮއެނާ ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނުނަމަވެސް ދެވަނަ ހާފު މަސްއޮޑި ސްޕޯޓްސް ފެށި ކުރިޔަށްވުރެ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މި ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް މަސްއޮޑި ސްޕޯޓްސްގެ ދެވަނަ ލަނޑު ފެނިގެންދިޔަ އެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަހުމަދު އަޔާޒް (އަޔާ) އެވެ. އޭނާ މި ލަނޑު ޖެހީ ނޮއެނާ ގެ ދެ ކުޅުންތެރިން ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެންނެވެ.

މަސްއޮޑި އާއި ނޮއެނާ ބައްދަލުކުރި ެމެޗުގެ ތެރެއިން

މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ މަސްއޮޑި ޓީމުގެ ތިންވަނަ ލަނޑު ފެނިގެންދިޔަ އެވެ. ނޮއެނާ ޓީމުގެ ގިނަ ކުޅުންތެރިން ކުރިޔަށް އެރި ދަނޑިވަޅުގައި ހޯދި ބޯޅައާއެކު ކުރިޔަށްއަރާ ހުސެއިން ޝަރީފް (އޮންލީ) މި ލަނޑު ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ.

މަސްއޮޑި ޓީމުގެ ހަތަރުވަނަ ލަނޑަކީ އަޔާގެ މަސައްކަތުން އޮންލީ ކާމިޔާބުކުރި ރީތި ގޯލެކެވެ. ވަރަށް ރީއްޗަށް ކުރިޔަށްއަރާ ނޮއެނާގެ ގޯލު ކައިރީ އަރިމަތީގައި މާކުނުކޮށް ހުރި އޮންލީއަށް އެ ބޯޅަ ތިރިތިރިން ފޮނުވާލުމާއެކު އޭނާ އެ ގޯލު ކާމިޔާބުކުރި އެވެ.. މަސްއޮޑި ޓީމުގެ ފަސްވަނަ ލަނޑަކީ އަޔާގެ މަސައްކަތުން ކާމިޔާބުކުރި ލަނޑެކެވެ. އަޔާގެ ހުނަރާއެކު އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ ނޮއެނާގެ ކީޕަރު ދިފާއުކުރި ނަމަވެސް ކީޕަރު އަތުން ދޫވި ބޯޅަ ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުސެއިން ޝަރީފް (އޮންލީ) އެވެ. އޭނާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ރެއާލް މެޑްރިޑް ފޭން ގްރޫޕުގެ ފަރާތުން ފަޒީލް ލަތީފް އެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީފައިނަލުގައި މަސްއޮޑި ސްޕޯޓްސް ކުލަބް ބައްދަލުކުރާނީ ރެމްޕޭޖް އާއެވެ. މުބާރާތުގެ ސެމީފައިނަލަށް ރެމްޕޭޖް ދަތުރުކުރީ ދަ ރޯޔަލްސް ބަލިކޮށްގެންނެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.