މިދިޔަ މަހުގެ ތެރޭގައި ކުޅެވުނު ޔޫރަޕުގެ އެންމެ ޝަރަފުވެރި އެއް ފުޓުބޯޅަ މުބާރާތްކަމުގައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ލިވަޕޫލުގެ މުޙައްމަދު ޞަލާހު ރޯދަ ނުހިފާނެކަމަށް މެޗުގެ ކުރިން އަޑު ފެތުރުނެވެ. އެޓީމުގެ ފިޒިއޮތެރަޕިސްޓާ ހަވާލާދީ މި ވާހަކަތައް ދައްކަމުން ދިޔައިރު، މިކަމާ އެތައް މުސްލިމުންނެއް ފާޑުވެސް ކިއެވެ.

ފުޓުބޯޅަ މެޗެއް ކުޅުމަށް ރޯދަ ދޫކޮށްލެވިދާނެކަމާމެދު އެކި ފަރާތްތައް އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންގޮސް، އެކަމުން އުފެދުނު ބަހުސް، އަދިވެސް ދަނީ ކުރަމުންނެވެ. މި ބަހުސްގެ ތެރެއިން، ސުވާލެއް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒަށްވެސް މީހަކު ކޮށްފައިވެއެވެ. ޑރ. އިޔާޒަށް ވައިބަރ އިން ކުރި މި ސުވާލަށް ޖަވާބު ދެއްވާފައިވަނީވެސް، އޭނާގެ ދީނީ ސުވާލާއި ޖަވާބުގެ ވައިބަރ ގްރޫޕެއްގައެވެ.

ޞަލާހު، މެޗު ކުޅޭށޭ ކިޔާ ރޯދަ ދޫކޮށްލެވިދާނެތޯ މީހަކު އެހުމުން، ޑރ. އިޔާޒު ބުނެފައިވަނީ މެޗު ކުޅޭށޭ ކިޔާފައޮ ރޯދަ ދޫކޮށް ނުލެވޭނެކަމަށެވެ. އޭނާ މި ޖަވާބު ދެއްވާފައިވަނީވެސް ވަރަށް ކުރުކޮށެވެ.

"ސ. ވަރަށް ފަހުން ހިނގި ޙާދިސާއެއް. ފުޓުބޯޅަ ކުޅުންތެރިއެއްކަމަށްވާ ޞަލާހުވަނީ މެޗު ކުޅޭށޭ ކިޔާފައި ރޯދަ ދޫކޮްލާފައި. އިނގިފައި އިންނަ ގޮތުން ދިގު ދަތުރެއް ކުރާ މީހަކަށް ރޯދަ ދޫކޮށްލެވިދާނެ. އަސްލު މިކަމުގައި އޮންނަ ގޮތް ސާފުކޮށްދެވިދާނެތަ؟

ޖ. މެޗެއް ކުޅޭށޭ ކިޔާފައި ރޯދަ ދޫކޮށް ނުލެވޭ."- ވައިބަރ ގްރޫޕުގައިވެއެވެ.

އެރޭގެ މެޗުގައި ލިވަޕޫލުން، ރިއާލް މެޑްރިޑާ ދެކޮޅަށް ކުޅުނުއިރު، މެޗުގެ ކުރީކޮޅުގައި ޞަލާހަށް އަނިޔާވެގެން ވަނީ ދަނޑުން ބާލާފައެވެ. އަދި، ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅެވޭނެކަމާމެދުވަނީ ސުވާލުތަކެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އެޑިޓް

    ޞަލާހަށް އަނިޔާވެގެން ވަނީ ދަނޑުންބާލަން ޖެހުނީ..ރޯދަ ނުހިފާ ކުޅުމުން..

  2. ޙަސަން

    އޭނާ ހުރީ ދަތުރެއްގެ މަތީގައި. ކީއްވެބާ އެކަމާ ގުޅިގެން ޑރ.އިޔާޒު އެއްޗެއް ނުބުނީ؟ ބޭނުމަކީ މީސްތަކުންނަަށް ކަންތައްތައް ސާފުކޮށްދިނުމެއް ނޫންބާ؟

    • އަބޫއަބްލަޣީ

      ކޮންމެ ކޮންމެ ކަމަކަށް ކުރާ ދަތުރުގައި ރޯދަ ދޫކޮށްލާކަށް އިސްލާމްދީން ނާންގާ.

      • ނަރޫ

        ކޮންމެ ކޮންމެ ކަމެއްނޫން ދޯ އެއީ. އޭނަ ކާން ބޯން ކުރާ މަސައްކަތް ދޯ އެއީ

    • ސަލާޙް
    • ޙދސޖ

      ޜަނގަޅު ވާހަކައެއް.

    • ަައބކ

      ސުވާލު ކުރެވުނީ ފޫޓުބޯޅަ ކުޅޭށޭ ކިޔާފަ ރޯދަ ދޫކުރެވިދާނެތޯ.... އޭގެ ޖަވާބު ދެއްވާފަ އެ ވަނީ.... ދެން އިތުރައް ފިތުނަ އުފެދޭ ފަދަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް...

      • ޢަބްދުﷲ

        ސުވާލު ކުރި މީހާގެ ސުވާލު އެޔޮތީ ފިތުނަ އަކަށް ކޮށްފަ... ދަތުރުވެރިން ކިޔަނީ ދަތުރުވެރިންނަށް އޭނަ ކުރީ ދީނުގަ ނަހީ ކޮށްފަ އޮތް ދަތުރެއް ނޫން.. ދެން އޭނަ އެދުވަހު ހުރީ ރޯދަ އަށްތޯ ބަލަން އޭނަޔާ ސުވާލު ކުރއވެން ޖެހޭނީ... ދީނުގަ މީހަކު ބުނެލަ އެއްޗެއް ޤަބޫލު ކިރުމެއް ނުވޭ... ވ ބޮޑަށް ދިރާސާ ކިރަން ޖެހޭ...

    • އާދަމް

      އެ ސުވާލުން ކިހިނެއްތޯ ޑރ އިޔާޒަށް ޞަލާހުހުރީ ދަތުރެއްގެ މަތީކަން އެނގެނީ.....؟؟؟

    • ތޮނަބެ

      ސަލާހު ދަތުރު ކުރި ދުވަހާ އޭނަ މެޗު ކުޅުން ދުވަސް އެބަޖިހޭ ތިގޮލާ ބަލަން ✌

    • ޖަންބު

      ކުރި ސުވާލުގެ ޖަވާބު ދީފަ އެ އޮތީ.

  3. ޟަނާ

    ޑަތުރު މަތީ ހުރުމަކީ ސަވާރީމަތީ ވުން ސޮލާހް އެތާވަނީ ދުވަސް ހޭދަކޮށްފަ

  4. ޢިސްލާމް

    ޙަސަނައް ބުބެލަންއޮތީ ޑރ. ޢިޔާޒް ޖަވާބުދޭނީ އޭނަޔާ މީހަކު ސުވާލެއް ކުރީމައޭ ނުކުރާ ސުވާލަކަށް ޖަވާބެއް ނުދޭނެއެވެ.

  5. ސަލާހް

    ޜޭގަނޑު ރޯދަ ހިފާތަ؟ މެޗް ކުލުނީ ރޭގަނޑު.

  6. ތަރަފަނަ

    އަހަރެމެން އެންމެންނީ ދަތުރެއްގެ މަތީ ތިބި ބަޔަކީމު.... އެހެނެކޭ ކިޔާފަ ގަދަވެ ހެޔޮ ހާލުގަ ހުރި މީހަކު ކުޅިވަރަކަށް ޓަކާ އޭނަގެ ރޯދަ ދޫކޮށެއް ނުލެވޭނެ.. ރޯދަ އަކީ ދީނުގަ ފަރުޟު ކުރެއްވި 5ރުކުނުގެ ތެރެއިން 1ރުކުން.. ބޯޅަ ކުޅެން ދަތުރު ގޮސް ދަތުރެއްގެ މަތީގައޭ ބުނެ ދޫކުރެވޭނެ ރޯދަ އެއް ނޯންނާނެ. ކޮން ދަތުރެއްތަ..!؟ ހުއް...

  7. ރާއްޖެ

    މިދިޔަ 2 އަހަރު ރޯދަމަހު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު އެކުވެރިކަމުގެ މެޗެއް ރާއްޖެއިން ބޭރުގަ ކުޅެންގޮސް ޕްރެކްޓިސްއަށް ދިޔައިރުވެސް ދެބައިކޮޅުއެއްބަޔަށްވުރެއް ގިނައީ ރޯދަނުހިފާމީހުން...