ވޯލްޑްކަޕް ކުޅެން މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާ އިނގެރޭސި ވިލާތުގެ ޤައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރުން ތަކުގައި ކަބައްޑި ކުޅުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.
ކަބައްޑިއަކީ އިންޑިޔާ މީހުން ކުޅޭ ކުޅިވަރެކެވެ. މިއީ ބައިބަލާ ކުޅޭ ގޮތަށް ކުޅޭ ކުޅިވަރެކެވެ. އިނގެރޭސިވިލާތުގެ ޓީމްއިން ކަބައްޑި ކުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިޔާގައިވަނީ އާއްމުވެފައެވެ.
Loooool England players doing Kabaddi, World Cup starts in less than 2 weeks ffs pic.twitter.com/jHpkT39mkD
— JS (@jun_jun88) May 29, 2018
ވޯލްޑްކަޕްގައި އިނގެރޭސި ވިލާތް ހިމެނެނީ ގުރޫޕް ޖީ ގައެވެ. މިގުރޫޕްގައި ހިމެނޭ އިތުރު ޤައުމު ތަކަކީ ޓިއުނޭޝިޔާއާއި ބެލްޖިއަމް އަދި ޕެނަމާއެވެ. އިނގެރޭސި ވިލާތް ވޯލްޑްކަޕްގައި ފުރަތަމަ ކުޅޭ މެޗް ކުޅޭނީ މިމަހު 18 ވަނަ ދުވަހު ޓިއުނޭޝިޔާއާ ދެކޮޅަށެވެ.