ލ. ހިތަދޫގެ ގްރޫޕަކުން އިސްނަގައިގެން އެރަށުގައި "ގަބުރު ސިޓީ ރަމަޟާން ޓޯނަމެންޓް 1439" ގެ ނަމުގައި ބައިބަލާ މުބާރާތެއް ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށިގެން ދިޔަ އެ މުބާރާތުގައި ޖުމްލަ 4 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އެ މުބާރާތަކީ ހިތަދޫގެ ތާރީހުގައިވެސް ބޭއްވޭ ފުރަތަމަ ބައިބަލާ މުބާރާތް ކަމަށާއި އެ މުބާރާތަކީ ހިތަދޫގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ބޭއްވޭ މުބާރާތެއް ކަމަށް އެ މުބާރާތް އިންތިޒާމުކުރާ ގަބުރު ސިޓީއިން ބުނެއެވެ.

" އަޅުގަނޑުމެން މިފަދަ މުބާރާތެއް އިންތިޒާމުކޮށްގެން ކުރިއަށް މިގެންދަނީ ހިތަދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް" ގަބުރު ސިޓީގެ ހިންގާ ކޮމިޓީގެ މެނޭޖަރ އަހުމަދު ވިޝާހް ބުންޏެވެ.

މިމަހުގެ 12ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތަށް ރަށުގެ ކުދިބޮޑު އެންމެހާ ފަރާތްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމުގައި ގަބުރު ސިޓީއިން ބުނެއެވެ.

އަދި މުސްތަގުބަލުގައިވެސް މިފަދަ އެހެން މުބާރާތްތަށް ބޭއްވުމަށް ނިންމާފައިވާ ކަމުގައިވެސް ގަބުރު ސިޓީއިން ބުނެއެވެ.

ގަބުރު ސިޓީ ރަމަޞާން ބައިބަލާ ޓޯނަމެންޓް 1439 ގެ ޗެމްޕިއަން ޓީމަށް ވަނީ 3500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އައި

  މިކަހަލަ ކުޅިވަރު މުބާރާތްތަކަށް ނަންދޭއިރު މިކަމުގައި ޝާމިލުވާ މީހުންގެ ކާބަފައިންގެ ކަރާމާތަސްވެސް ހުތުރުވާ ކަހަލަ ނަންނަމުން ނަން ދިނުމަކީ ތަހުޒީބީ މުޖްތަމައެއްގައި ކޮށްގެންވާނެ ކަމެއްނޫނެވެ.

 2. އިއްސެ

  ހާދަ ފާޑެއްގެ ނަމެއް. ދެންވެސް ރޯދަޔާ ތަންކޮޅެއް ގުޅުވާލަބަލަ. ކިޔާބަލަ "މައްޔިތު ޝަހަރު" ރަމަޞާން ބައިބަލާ މުބާރާތް.

 3. ވާނުވާ

  ފަހު 10 އަށް އެޅުނީމާ ރަނގަޅު ކަމެއް ތި ކުރަނީ. މަޖަލާިގެން ކުރިޔަށް

 4. މައި

  ތި ހަމަ މި ދިޔަ އަހަރުގަ ބިގް ގޭންގް ކިޔާ ޓީމް އަކުން ފްޓްސަލް މުބާރާތެއް ބޭއްވީމަ ހަޖަމް ނުވެގެން ކުރި ކަމެއް.. ގަބުރު ސިޓީ އޯ..??? ދެން ލަލަލާ?????