އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަން ކޮޅަށް ޖެހި ނުވަ ގޯލާއެކު މެންޗެސްޓަރ ޔުނައިޓެޑުން މީގެކުރިން ހަދާފައިވާ އިނގިރޭސި ޕްރިމިއަރ ލީގުގެ ރެކޯޑަކާއި އަރާ ހަމަކޮށްފިއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 9-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. އަދި ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކޮށްފައެވެ.
ޔުނައިޓެޑުން ވަނީ 1995 ވަނަ އަހަރު އިޕްސްވިޗް ޓައުން އާއި ދެކޮޅަށް ކުޅުނު މެޗުގައި 9 ގޯލު ޖަހާފައެވެ. އެފަހަރު ހޯދި މޮޅަކީ ޕްރިމިއަރ ލީގުގެ ތާރީހުގައި އެންމެ ފަރަގު ބޮޑުކޮށް ޓީމެއް މޮޅުވި ފަހަރެވެ. ސައުތެމްޓަން އަތުން ރޭ ހޯދި މި މޮޅާއެކު ޔުނައިޓެޑުން މި ވަނީ އެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މި އަދަދަށް ގޯލު ޖަހައިގެން ދެން ރެކޯޑު ހެދީ 2019 ގައި ލެސްޓާ ސިޓީންނެވެ. އެއީ ސައުތެމްޓަން އާޢި ވާދަކޮށެވެ.
މެޗު ފަށައިގެން ދެވަނަ މިނެޓުގައި ސައުތެމްޓަންގެ އަލެކްސެންޑަރ ޖަންކެވިޗް އަށް ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދައްކާފައިވަނީ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ. މެޗުގައި ޔުނައިޓެޑުގެ ނުވަ ގޯލު ޖަހައިދިން ކުޅުންތެރިންނަކީ އާރޮން ވެން ބިސާކާ އައި މާކަސް ރަޝްފޯޑް އާއި އެޑިންސަން ކަވާނީ އާއި އެންތަނީ މާޝިއަލް ޖެހި ދެ ގޯލުގެ އިތުރުން ސްކޮޓް މެކްޓޮމިނޭ އާއި ބްރޫނޯ ފެނާންޑޭޒް އަދި ޑެނިއަލް ޖޭމްސް އެވެ. ދެން ޖެހި ގޯލަކީ ސައުތެމްޓަން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ސޯލްޝެއާގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަައިވެއެވެ. އަދި ގިނަ ރެކޯޑުތަކެއްވެސް އާކޮށްފައިވެއެވެ. މީގެތެރޭގައި އެ ކުލަބުގެ ތާރީހުގައި 2000-01 ގެ ސީޒަނަށްފަހު ހަ ގޯލާއެކު މެޗެއް ކާމިޔާބުކޮށްފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހު ލީޑްސް ޔުނައިޓެޑް އަތުން 6-2 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަައެވެ. ޖުމްލަ 44 ޕޮއިންޓް ދެ ޓީމަށްވެސް ލިބޭއިރު ޔުނައިޓެޑް ދެވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ނަމަވެސް ލީގުގައި މިރޭ ބާންލީއާއި ސިޓީ ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ސިޓީއަށް އިތުރު ޕޮއިންޓްތަކެއް ލިބި، ފަރަގު ބޮޑުކުރެވޭނެ އެވެ.
ފޯކައިދޫ އިން ވެސް ތިޔަށްވުރެ ރަނގަޅަށްް ކުޅޭނެ...
ފިސާރި މޮޅެއް ތިއޮތީ ވެވިފައި..