އެތްލެޓިކޯ މެޑްރިޑުގެ ފޯވާޑު އެންޓޮއިން ގްރިޒްމެން ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ގިނަ ބޭރުގެ މީޑިއާ ތަކުން ރިޕޯޓު ކުރަމުން އަންނަ ނަމަވެސް ގްރިޒްމެން ބުނެފައިވަނީ ކުރިޔަށް އޮތް ޓްރާންސްފާގެ ވާހަަކަ ވޯލްޑް ކަޕުގެ ކުރިން ދައްކާނެ ކަަމަށެވެ.

ފްރާންސްގެ ގައުމީ ޓީމަށް ކުޅޭ ގްރިޒްމެން ވަނީ ބާސެލޯނާ އަށް ބަދަލުވާ ކަމަށް ގިނަ ރިޕޯޓު ތަކުން ބުނެފައެވެ. އޭނާ ވަނީ ޔުރޮޕާ ލީގު ފައިނަލުގައި 2 ގޯލު ކާމިޔާބުކޮށް އެތްލެޓިކޯ އަށް ތަށި ކާމިޔާބު ކޮށްދިނުމުގައި ބޮޑު ދައުރެއް އަދާ ކޮށްފައެވެ.

ރޭ އިޓަލީ އާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި އޭނާ ވަނީ ޕެނަލްޓީ އަކުން ގޯލެއް ޖަހާފައެވެ. ޖޫން 15ގެ ކުރިން އޭނާ ވަކި ގޮތެއް ނިންމައި ޖަވާބެއް ދޭނެ ކަމަށް ބުނުމުން ގިނަ ބަޔަކު ތިބީ ކެތް މަދު ވެފައެވެ. ގްރިޒްމެން އެތުލެޓިކޯ އާއި ހަދާފައިވާ އެއްބަސް ވުމުގައި ބާކީ ހަތަރު އަހަރު ބާކީ އޮތް ނަމަވެސް ޕްރެސް ކޮންފަރެންސެއްގައި އޭނާ ބުނެފައިވަނީ މުބާރާތުގެ (ވޯލްޑްކަޕު)ގެ ކުރިން ޖަވާބެއް ލިބޭނެ ކަމަށެވެ.

27 އަހަރުގެ ގްރިޒްެމެން ވަނީ އތްލެޓިކޯ މެޑްރިޑަށް ހުރިހާ މުބާރާތެއްގައި މުޅި އަކު 29 ގޯލު ޖަހާފައެވެ. މީގެ އިތުރުން ކުރިޔަށް އޮތް ސީޒަނުގައި އޭނާ ނުވިއްކާނެ ކަމަށް އެތުލެޓިކޯ މެޑްރިޑުގެ ރައީސް ބުނެފައިވާއިރު އޭނާ އާއި އެކު ކުރިޔަށް ކުޅެމުން އަންނަ ޑިއެގޯ ކޮސްޓާ ވެސް ބުނެފައިވަނީ ގްރިޒްމެން މަޑު ކުރާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު