މާލޭގައި ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުއްލިގޮތަކަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުލަބުތަކާއި ކުޅުންތެރިންނަށް ލިބޭ ގެއްލުން ބޮޑުކަމަށާއި ކުލަބުތަކުގެ ހައްގަށްވުރެެ ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާގެ ހައްގަށްޓަކައި ވީހާވެސް އަވަހަށް ލީގު ފެށުމުގެ ހުއްދަ ދިނުމަށް ކުލަބުތަކުން އެދެފިއެވެ.
ކޮވިޑު-19 ގެ ތިންވަނަ ރާޅާއެކު މާލޭގައި އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ލީގު ހުއްޓާލަން އެޗްޕީއޭއިން ކުއްލި ގޮތަކަށް އަންގާފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. ހަފްތާއެއްހާ ދުވަސް ޥީއިރު ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ނުދީ، ލީގުގެ މެޗުތައް ކުޅުމުގެ ހުއްދަ ނެތުމާއެކު އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ކުލަބުތަކުން ބުނެފައިވެއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކުލަބުން މިއަދު ވަނީ އެ ކުލަބުތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މަޒާޑާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ މެނޭޖްމަންޓް ލެވެލްގެ ބޭފުޅުންގެ އިތުރުން ކުލަބުތަކުގެ ކޯޗުންވެސް ވަނީ ބައިވެރިވެފައެވެ. ހުރިހާ ޓީމަކުންވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރި އެއް ނުކުތާއަކީ މެޗެއް ނުކުޅެ ގިނަދުވަސް ވުމުން އެ ކުލަބުތަކަށް މާލީގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި ކުޅުންތެރިންނަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
ދެ ހަފުތާގެ ނިޔަލަށް އިއުލާނުކުރި މި އުސޫލުގެ ސަބަބުން ގިނަ ކުލަބުތަކަކަށް ވަނީ އެ ކުލަބުތަކުގެ އާމްދަނީއާއި ކުޅުންތެރިންގެ ފިޓްނަސްއަށް އަސަރުކޮށްފައި ކަމަށް ކުލަބުތަކުން ބުނެއެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ލީގު ފެށުމުގެ ހުއްދަ ދިނުމަށް ކުލަބުތަކުން ގޮވާލައެވެ.
އެފްއޭއެމްގެ ނައިބް ރައީސް އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ވިދާޅުވީ ފުޓްބޯޅަ އާއިލާގެ ފަރާތުން ކްލަސްޓާއެއް ނެތް ކަމަށާޢި އެފްއޭއެމުން މިހާތަނަށް ކްލަބްތަކަށް މީގެ ލުއިތަކެއް ނުދީ އުސޫލު ހިފެހެއްޓި ކަމަށެވެ. އަދި ދެ ހަފްތާ ފަރިތަކުރުންތައް ކުރިޔަށް ނުގެންގޮސް ތިބިނަމަ އެ ދަނީ އެއް މަސް ދުވަސް ފަހަތަށް ކަމަށްވެސް ކޮކީ ވިދާޅުވިއެވެ.
މި މައްސަލައިގައި ޤައުމީ ކޯޗުވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަން ހާމަކޮށް ކޮކީ ވިދާޅުވީ ކުރިޔަށް ގައުމީ ޓީމަށްވެސް މުހިއްމު މެޗުތަކެއް އެބަހުރި ކަމަށާއި މިގޮތަށް ކަންތައް ދިމާވާނަމަ އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
ޓީސީ ސްޕޯޓްސް ކްލަބްގެ އިސް އޮފިޝަލެއްގެ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހަައްމަދު އީސާ (މޯ) އެވެ. މޯ ބުނީ ފުޓުބޯޅައަކީ މިހާރު ބޮޑު އިންޑަސްޓްރީއެއް ކަމަށާއި ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށެވެ.
މޯ ބުނީ މިހާރު ގިނަ ކުޅުންތެރިން ފުޓުބޯޅަ ކުޅެނީ އެކަމަށް ހުސްވެ ތިބެގެން ކަމަށާއި އެއީ އެތަކެއް އާއިލާގެ އާމްދަނީ ލިބޭ ދޮރު ކަމަށެވެ. އަދި އަންނަން އޮތް ޖީލށް މިއީ ރަނގަޅު އިންޑަސްޓްރީ އެއްކަން އަންގައިދިނުން މުހިއްމު ކަމަށާއި އެހެން މީހުންނަށްވެސް އެކަން އަންގައިދިނުން މުހިއްމު ކަމަށެވެ. އަދި އާ ގައިޑްލައިނެއް ދިނަސް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރަށް ތިބިކަން ވެސް މޯ ފާހަގަކުރި އެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު މުފާވިޒް ހާޝިމް (މުފާ)، އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާ)، ވެލެންސިއާގެ އިސް އޮފިޝަލް އަދި އެސިސްޓަންޓް ކޯޗު އިލްމާއު ހުސެއިން (މައު) ފަދަ ބޭފުޅުން ވަނީ މި ބައްދަލުވުމުގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ.
ކުލަބުތަކުގެ އެދުމަކީ ވީ އެންމެ އަވަހަކަށް ފަރިތަކުރުންތައް ފެށޭނެގޮތެއް ވުމެވެ. ކުލަބް ފުޓުބޯޅައިގެ އިތުރުން ޤައުމީ ޓީމަށްވެސް މުހިއްމު މެޗުތަކެއް ކުރިޔަށް ހުރިއިރު މި މެޗުތަކަށް ކުޅުންތެރިންގެ ފިޓްނަސް ރަނގަޅަށް ދެމެހެއްޓުމަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ޖެހެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ މަޝްވަރާކުރަމުންނެވެ.
މާލޭގަ އުޅޭ ކަންމަތީ ހައެއްކަ ކުލަބެއްގެ ކަންކަމާ ސަރުކާރުން ވިސްނަންޏާ ކުޅުދުއްފުށީގެ ރަށުތެރޭ ޓީމުތަކާ ދޭތެރޭވެސް ސަރުކާރުން ހަމައެވަރަށް ވިސްނަންޖެހޭނެ، ވަކިރަށެއްގައުޅޭ ގުރޫޕުތަކަކަށްވީތީ ދައުލަތަށް ބަލަދުއަރާކަށްނުޖެހޭ. ވަކިރަށެއްވީމަ ގައުމީކަމަކަށް ވާކަށްނުޖެހޭ، ރާއްޖޭގަ ބޯޅަކުޅެންޖެހެނީ ކަލޭމެން ހައެއްކަ ގުރޫޕެއް އެކަންޏެއްނޫން.
އިބޫ ރާހިމު މަ ރެއް ނުވޭ، މައިމޫނާއަށް އެބަ ހަނާއަޅާ
ދިވެހިރައްޔިތުންގެ އާދޭސް މިޤައުމަށް ގެރެގޮތެއް ވިޔަ ނުދީ. މި އަޑު އަހަނީ ކާކު؟ ބުނާ އަޑެއްނާހަންތޯ ބުލަބުތަކާ! ފުރުތަމަ ޤައުމޭ ، ކުލަބުތަކާ!
ފުޓްސެލް ދަނޑު ގިނަވި ވަރަކަށް ފުޓްބޯޅައިގެ މޮޅު ކުޅުންތެރިން، ބުންވަރުގަދަ ބާރަށް ދުވެވޭ ކުޅުންތެރިން މަދުވެ ފުޓްބޯޅައަށް ދެރަގޮތްތައް ވާނެ. ފުޓްސެލް ދަނޑުތަކަކީ މުވައްޒަފުންނާ ބަލިމީހުން ކަސްރަތު ކުރަން ބޭނުންވާ މީހުން ކުޅެލާ ކުޅިވަރެއްގެ ގޮތުގައި ދެކިފަ، ޅަކުދިންނާ ޒުވާނުން ބޮޑެތި ފުޓްބޯޅަ ދަނޑު ތަކުގައި ކުޅޭނަމަ ފުޓްބޯޅަ ރަނގަޅުވާނެ. ދެންވެސް ކުރީގެ ބޭއްވި ފަދަ ރަށު މުބާރާތްތަކުން މޮޅުވާ ޓީމުތައް އަތޮޅުތައް ބަހާލާފައިވާ ޒޯން ތަކުގެ މުބާރާތްތައް ކުޅުމުގެ ފުރުސަތު ސަރުކާރުން ތަނަވަސްކޮށްދެއްވައިފިނަމަ އަދިވެސް މި ރާއްޖޭގެ ފުޓްބޯޅައަށް އުޖާލާކަން އައިސްދާނެ.