އިނގިރޭސި އެފްއޭ ކަޕުގެ ފަސް ވަނަ ބުރުގައި ސްވަންސީ ސިޓީ 3-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ސިޓީ ދަތުރުކޮށް، އިނގިރޭސި ފުޓުބޯޅައިގެ ތާޜީހީ ރެކޯޑެއް އާކޮށްފިއެވެ.

މި މެޗުން ހޯދި މޮޅާއެކު މި ސީޒަނުގައި ހުރިހާ މުބާރާތަކުން ސިޓީ މިހާތަނަށް ކުޅުނު މެޗުތަކުން ޖެހިޖެހިގެން ހޯދި މޮޅުތަކުގެ އަދަދު 15 އަށް ވަނީ އަރާފައެވެ. އަދި މިއީ 1891-92 ގެ ސީޒަނުގައި ވާދަކުރި ޕްރެސްޓަން ޓީމާއި، 1987-88 ގެ ސީޒަނުގައި ވާދަކުރި އާސެނަލް ޓީމުން ޖެހިޖެހިގެން 14 މެޗުން މޮޅުވި ރެކޯޑު ހެދިފަހުން ޓީމެއް މި ރެކޯޑު އާކުރި ފުރަތަމަ ފަހަރެވެ.

"މީގެން މި ދައްކުވައިދިނީ ސިޓީގެ ކުޅުންތެރިންގެ ހާއްސަކަން، ޓީމެއްގެ ސިފައިގައި ތަފާތު ދައްކުވައިދީފި، އެކަމަށް އަހަރެން ފަހުރުވެރިވަން" ގާޑިއޯލާ ބުންޏެވެ.

ސިޓީ މި ރެކޯޑު ހަދަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ލިވަޕޫލް އަތުން ބަލިވި މެޗަށްފަހުއެވެ. ޑިސެމްބަރ ފަހުކޮޅުން ފެށިގެން އެ ޓީމު ދިޔައީ މޮޅުވުމުގެ ރޭޓު ހިފަހައްޓަމުންނެވެ. މި ރެކޯޑާއެކު ސިޓީ މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކުއެވެ، .

ސިޓީއާއި ސްވަންސީ ބައްދަލުކުރި މެޗުގެ ތެރެއިން

އަނެއްކޮޅުން މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ވެސް ރެކޯޑެކެވެ. މިއީ ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކަން ކޮށްދިނުމަށްފަހު ސިޓީގެ ކޯޗުކަމާއި 2016 ވަނަ އަހަރު ހަވާލުވިފަހުން ސިޓީގެ ކޯޗުކަމުގައި އޭނާ ހޯދި 200 ވަނަ މޮޅެވެ. ގާޑިއޯލާގެ ކޯޗުކަމުގެ ދަށޫން ސިޓީ ވަނީ 14 ޓްރޮފީ ހޯދާފައެވެ. އޭގެ ތެރޭގައި ދެ ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ.

ސްވަންސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ޖެހީ ކައިލް ވޯކާއެވެ. މެޗުގެ ފުރަތަމަ ހާފު އެއް ގޯލުގެ ލީޑަކާއެކު ސިޓީ އޮތްއިރު، މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ސިޓީގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން ގެބްރިއަލް ޖީސަސް ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާފައެވެ. މެޗުގައި ސްވަންސީގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 77 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ މޯގަންއެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާގައި ބައްދަލުކުރާނެ ޓީމެއް ޔަގީންވާނީ ގުރުނެގުމަށްފަހު އެވެ.

މި ސީޒަނަކީ ސިޓިއަށް ކާމިޔާބު ސީޒަނެކެވެ. އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ސިޓީ ވަނީ ދަތުރުކޮށްފައެވެ. ޓޮޓެންހަމް އާއި ދެކޮޅަށް ސިޓީ ބައްދަލުކުރާ މި މެޗު ކުޅޭނީ އޭޕްރީލް 25 ގައެވެ. މީގެއިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަޗް އާއި ދެކޮޅަށް މިމަހުގެ 25 ގައި ނިކުންނާނެއެވެ. އަދި ލީގުގައި އެ ޓީމު މިވަގުތު އޮތީ އެއްވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    އެއީތެދެއް، ސިޓީއަށް ގާޑިއޯލާގެ ކޯޗުކަމުގައި ދެ ޗެމްޕިއަންސް ލީގު ލިބުނު.

    1
    3
  2. ޕޮގުބާ

    ސިކުނޑި ގޮވާފަހުރިމީހެއް

  3. ގާޑިއޯލާ

    ކީއްވެތަ މަ ނުކުރާ ކަންކަމުގަ ބޮލުއަޅުވަނީ..