މިމަހު 9 ވަނަދުވަހު އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމާއި، އިސްރާއީލުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެމެދު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗްގައި ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަތަރި ލަޔޮނަލް މެސީ ބައިވެރިނުވުމަށް ފަލަސްތީނުން ގޮވާލައިފިއެވެ.

ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވަނީ އެކުވެރިކަމުގެ މެޗްގައި މެސީ ކުޅެފިނަމަ، މެސީއަށް ތާއީދުކުރާ ހުރިހާ އެންމެންގެ އަތުގައިހުރި މެސީގެ ނަން ޖަހާފައިވާ ޖާޒީތަކާއި، މެސީގެ ޕޯސްޓަރުތައްވެސް އަންދާލުމަށް ގޮވާލާފައެވެ.

ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބު ވިދާޅުވީ، އިސްރާއީލާއެކު ގުދުސްގައި ކުޅޭ މެޗްގައި މެސީ ބައިވެރިވިޔަ ނުދިނުމަށް ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަނުން އާޖެންޓީނާ ސަރުކާރުގައި މިހާރު ލިއުމުންވެސް އެދިފައިވާނޭ ކަމަށެވެ.

"އާޖެންޓީނާއާއެކު ކުޅޭ އެކުވެރިކަމުގެ މެޗް ގުދުސްގައި ކުޅޭގޮތަށް އިސްރާއީލުން ހަމަޖެއްސީ ވެސް ފީފާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް. އެކަމުން ސިޔާސީ މަންފާތަކެއް ހާސިލްކުރުމަށް އިސްރާއީލު ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން" ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ.

މިމެޗަކީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާއިން ކުޅޭ ރަހުމަތްތެރިކަމުގެ މެޗެކެވެ. ޖޫން 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް އާޖެންޓީނާ ވަނީ ކޮލިފައިވެފައެވެ.

މިހާތަނަށް މިމެޗްގެ ޓިކެޓް ހޯދަން ހަ ލައްކަ ސަޕޯޓަރުން ބޭނުންވިކަމަށް މެޗް އިންތިޒާމް ކުރާ ފަރާތުން ބުނާއިރު
ސްޓޭޑިއަމްގައި ހުންނަނީ 31000 މީހުންގެ ޖާގައެވެ.

މިމެޗް ކުޅެން ހަމަޖެހިފައިވާ ޓެޑީ ސްޓޭޑިއަމް އަކީ 1948 ވަނަ އަހަރު އިސްރާއީލުން ފޭރިގަތް ފަލަސްތީނުގެ އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެކެވެ.

މި މެޗް ގުދުސްގައި ކުޅެން ނިންމާފައިވާއިރު އިސްރާއީލް އިން ފަލަސްތީންގެ ބިމަށް ވެރިވެގަތްތާ 70 އަހަރު ފުރުމާއި ދިމާކޮށް އެމެރިކާގެ އިސްރާއީލް އެމްބަސީ މުސްލިމުންގެ މުގައްދަސް ބިން ގުދުސް އަށް މިހާރު ވަނީ ބަދަލު ކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖ.އާރު

    މިމެޗު އާޖެންޓީނާ ގުދުސްގައި ކުޅެފިނަމަ މުޅި އުމުރު ދުވަހުވެސް އާޖެންޓީނާއަށް ފުޓް ބޯޅައިގައި ކާމިޔާބެއް ނުދެއްވާހުށި. އާމީން

    • ކޭޑީ

      ދުވަހަކު ވެސް މެސީ އަށް ކާމިޔާބު ނުވާނެ

  2. ބާސާ ފޭން

    މެސީ ތިމެޗް ކުޅެއްޖެނަމަ ތީ ފަހަތައް އެޅޭފިޔަވަޅަކައް ނޫނީ ނުވާނެ، ތިކަން ނުކުރަން ގޮވާލަން

  3. ޑީޑި

    ތިމެޗު ކުޅެފިނަމަ މެސީއަށްެ އަހަރެންއކުރާެސަޕޯޓްެ ދެންލަލަލާ.. އަދި މެސީއަށް ދުވަހަކު ފުޓްބޯޅަނު ކުޅުވުނަސް ހެޔޮ.. ދެރަގޮތްތައް ވުމަށް އެދި ދުވާވެސް ކުރާނަން..