ޝަހްތަރު ޑޮނެޓްސްކް އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 25 އަހަރުގެ ފްރެޑް ޔުނައިޓެޑަށް ބަދަލުވާނީ ގާތްގަނޑަކަށް 52 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ބްރެޒިލް ޓީމު މިވަގުތު އިނގިރޭސިވިލާތުގައި ތިބިއިރު މި ހަފްތާގެ ތެރޭގައި ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަކުރުމަށްފަހު ފްރެޑް ރަސްމީކޮށް އެ ކްލަބަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ފްރެޑް ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާއިރު އޭނާ ހޯދުމަށް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓަރ ސިޓީން ވެސް މަސައްކަތް ކުރިއެވެ. ފްރެޑްގެ ބަދަލުގައި ސިޓީން މިހާރު ހޯދަން މަސައްކަތް ކުރަނީ ނަޕޯލީ އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ.

2013 ވަނަ އަހަރު ޝަހްތަރު ޑޮނެޓްސްކާއި ގުޅުނު ފްރެޑް އަކީ މިފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް އިން ނެގި 23 ކުޅުންތެރިންގެ ސްކޮޑުން ވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ.

ފްރެޑްގެ އިތުރުން ޔުނައިޓެޑުން އަންނަނީ ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑިއޯގޯ ޑަލޮޓް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު