ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކަށް ޖަމާވެފައިވާ ފަސްތައް ނަގައި އެސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިންމައި، އެސަރަޙައްދުގައި ގާއިމްކޮށްފައިވާ ސްވިމިންގ ޕްލެޓްފޯރމްގެ ބައެއް މަރާމާތުތައް ކުރުމަށްފަހު މިއަދުންފެށިގެން ފެތުންތެރިންނަށް އަލުން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ވަނީ 2.5 މީޓަރާއި 3.5 މީޓަރާއި ދެމެދުގެ ފުންމިނަކަށް ސްވިމިންގ ޓްރެކް ސަރަޙައްދު ފުންކޮށްފައެވެ.

ސްވިމިންގ ޓްރެކް ސަރަޙައްދުގައި ގާއިމްކޮށްފައިވާ ދެ ޕްލެޓްފޯރމްގެ ބައެއް މަރާމާތުތައް ކުރުމުގައި އެމް.އެން.ޑީ.އެފްގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ސްވިމިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.

މިމަސައްކަތުގައި އެހީތެރިވި ހުރިހާ މުއައްސަސާތަކާއި އަދި ވަކިވަކި ފަރުދުންނަށް އަދި މިކަމުގައި އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް ސްވިމިން އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު