މިދިޔަ މަހުގެ ތެރޭގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި 1-3 ގެ ނަތީޖާ އަކުން ރިއަލް މެޑްރިޑް މޮޅުވި މެޗުގައި ލިވަޕޫލްގެ ކީޕަރު ލޯރިސް ކަރިއަސްގެ ބޮލަށް އަނިޔާ ވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅު ވެއްޖެއެވެ
ޗެމްޕިއަންސް ލީގު ފައިނަލުގައި ކަރިއަސްގެ އަތުން ހެދުނު ގޯހެއްގެ ސަބަބުން ރިއަލް މެޑްރިޑުގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ވަނީ ލިވަޕޫލްގެ ގޯލުގެ ތެރެއަށް ވަދެފައެވެ.
ޖަރުމަނަށް ނިސްބަތްވާ ކަރިއަސް ވަނީ އިތުރު ފަރުވާ އަށް އެމެރިކާގެ ބޮސްޓަން އަށް ގޮސްފައެވެ. ބޮސްޓަންގެ ހޮސްޕިޓަލުން ބުނާގޮތުގައި އޭނާގެ ބޮލުގައި ޖެހުމާއެކު ވަނީ ބޮލަށް އެނބުރުން އަރާފައެވެ. މީގެތެރެއިން ޑޮކްޓަރުން ކޮށްފައިވާ ތަހުލީލު ތަކަށް ބަލާއިރު ކަރިއަސްގެ އަތުން ހެދިފައިވާ ގޯހަކީ އޭނާގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުނު ހެދުނު ގޯހެވެ.
" ކަރިއަސް ވަނީ 'ވިޝުއަލް ސްޕޭޝަލް ޑިސްފަންޝަން' ނަމަކަށް ކިޔާ ކަމެއް ވެފައި. އެއީ މީހާގެ ސިކުނޑި އަށް ކުރިމަތިން އަންނަ އެއްޗެއް ހުރި ސީދާ ތަން އޮޅުވާލެވޭ ކަހަލަ ކަމެއް" ކަރިއަސް އަށް ފަރުވާ ދިން ޑަކްޓަރު، ޒަފޮންޓޭ ބުންޏެވެ.
ދެވަނަ ހާފު ފެށިގެން އައި އިރު ކަރިއަސް ވަނީ ރިއަލް މެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޮސްގެ ގައިގައި ޖެހިފައެވެ. ކަރިއަސް އަށް ދިމާވި ކަމަކީ މެޗުގެ ވަކި ހިސާބަކުން ވީކަމެއް ކަމަށް ޑަކްޓަރުން ބުނެފައި ނުވާނަމަވެސް ސާޖިއޯ ރާމޮސްގެ ގައިގައި ޖެހުނުފަހުން އިރުކޮޅެއް ނުވަނީސް ކަރިއަސްގެ އަތުން ހެދުނު ގޯހުގެ ސަބަބުން ބެންޒިމާގެ ގޯލު ވަނީ ފެނިގެން ގޮސްފައެވެ.
ބެންޒެމާގެ ގޯލަށްފަހު ލިވަޕޫލް އިން ނަތީޖާ ހަމަ ހަމަ ކޮށްފައި ވިނަމަވެސް ރިއަލް މެޑްރިޑުގެ ބަދަލު ކުޅުންތެރިޔާ ގެރެތް ބޭލްގެ ދެގޯލާއި އެކު ރިއަލް މެޑްރިޑު ވަނީ ޗެމްޕިއަންސް ލީގު ޖެހި ޖެހިގެން 3 ފަހަރު ކާމިޔާބު ކޮށްފައެވެ.
އަނެއްކާވެސް ރާމޯސް ހަމަ މުޅިންވެސް އޮޅިގެން މީހުންގެ ބޮލުގަ އުޅަބޮށިން. ފުރަތަމަ ގޯލު ވަނީ ބޮލަށް އަނިޔާ ލިބުމުގެ 2 މިނެޓު ފަހުން.
ރާމޯސް ދާންވީ ރެސްލިންތަލަން ވަރައްމޮޅުވާނެ
ކެކެކެކެކެ! ބަލަގަ މިހާރު ރާމޯސް އެވީ ސިހުރުވެރިއަކަށް. ހެދި އެތިފަހަތެއްގެ ވަރުކަދަކަމުން ބޯޅަވެސް ނުފެނެޔޯ!
ކީޕަރަށް އިންނާނީ ކުޑަކުޑަ އެއްޗެއް ހަދާލާފަ