ލ. ގަމަށް ނިސްބަތްވާ އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް އިން ކުރިއަށްގެންދާ މަތިވަރު ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލަށް ކަންމަތި އެފްސީ އަދި ކާގަޅަ އެސްސީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ އަށް ކާގަޅަ އެސްސީ ދަތުރުކުރީ އޯލް އެޓޭކާސްއާ ބައްދަލުކޮށް 0-4 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކާގަޅަ އެސްސީގެ އަހުމަދު ޒާދުއެވެ.

އަދި ކަންމަތި އެފްސީ ސެމީ އަށް ދަތުރުކުރީ ދަނޑުބައްތި އާއި ބައްދަލުކޮށް 3-4 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި އެފްސީގެ މުހައްމަދު ރަޝީދުއެވެ.

މި ދެ ޓީމުގެ އިތުރުން މުބާރާތުގެ ސެމީ އަށް ދެން ދަތުރުކޮށްފައިވަނީ ކަންމަތި އާއި ކަންމަތި އެސްސީއެވެ.

ސެމީގެ މެޗުތަށް މާދަމާ ރޭ ކުޅޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކަންމަތި އާއި ކަންމަތި އެސްސީއެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެފްސީ އާއި ކާގަޅަ އެސްސީއެވެ.

މާދަމާ ރޭގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 10 ޖަހާއިރުއެވެ.