އިނގިރޭސި ޕްރިމިއަރ ލީގުގައި 98 އަހަރަށްފަހު އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކޮށް ވާދަވެރި އެވަޓަން އިން ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެވަޓަން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ދަނޑުގައި އެވަޓަން އެންމެފަހުން މޮޅުވެފައިވަނީ 1923 ގައެވެ. މިއީ ލީގުގައި ނެރެމުންދާ ދަށް ނަތީޖާތަކާއެކު ލިވަޕޫލުގެ ނާކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.

މި މެޗުގައި އެވަޓަންގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗު ފަށައިގެން ލިވަޕޫލަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށެވެ. ލިވަޕޫލްގެ ޑިފެންސްލައިން ތެރެއިން އެވަޓަންގެ ހަމޭސް ރޮޑްރިގޭޒް ފޮނުވާލި ބޯޅައަކުން މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ.

ލަނޑު ޖެހުމަށްފަހު އެވަޓަން ކުޅުންތެރިން އުފާފާލުކުރަނީ

އެވަޓަންގެ ދެވަނަ ލަނޑަކީ މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލްގެ އެލެކްސެންޑަރ އާނޯލްޑް އެވަޓަންގެ ކެލްވާޓް ލެވިން އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ވީއޭއާރު ބެލުމަށްފަހު ދިން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސިގާޑްސަން އެވެ .

މި މޮޅާއެކު އެވަޓަން ވަނީ ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަައެވެ. އެއް މެޗު މަދުން ކުޅެގެން އެވަޓަން އޮތީ 40 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން އެއް މެޗު އިތުރަށް ކުޅެގެން ލިވަޕޫލް އޮތީ ތާވަލުގެ ހަވަނައިގައެވެ.

ލިވަޕޫލްގެ ކުޅުންތެރިން މާޔޫސްވެފައި

މިއީ 1923 ގެ ފަހުން ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ހަތަރުވަނަ މެޗެވެ. އެންމެފަހުން ލީގުގައި ލެސްޓާ ސިޓީއާއި މެންޗެސްޓަރ ސިޓީގެ އިތުރުން ބްރައިޓަން އާއި ވާދަކުރި މެޗުތަކުން ލިވަޕޫލް ވަނީ ބަލިވެފައެވެ. ލިވަޕޫލް އެންމެ ފަހުން މޮޅުވެފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހު ވެސްޓް ހޭމް އަތުންނެވެ.

ލީގުގައި ލިވަޕޫލް އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ ޗެލްސީއާއި ދެކޮޅަށް އަންނަ މަހުގެ 4 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ނޫސްކިޔާމީހެއް

  މިސީޒަނުގަ ރެފްރީ އަދި ވީއޭރް ލިވަޕޫލަށް ނުކުޅޭތީވެ އެދަނީ ޗޮކުން.ކުރިން ވެސް ހައުގު ނޫން އެއްޗެއް އެމީހުންނަށް ލިބުނީ.އިންސާފުން ކަންކަން ހިނގަން ފެށީމަ އެއޮތީ ހައްގު މަގާމުގަ.މަހަށް ދޭބަލަ.

  2
  5
  • ނަޝް

   ކަލެއަށް ހަޖަމު ނުވީތަ