މިއަހަރުގެ ވޯލްޑް ކަޕުގައި ސްވިޓްޒަލޭންޑުން ނެރޭ 23 ކުޅުންތެރިންގެ ސްކޮޑުގައި އާސެނަލްގެ މިޑްފިލްޑަރު ގްރަނިތް ޒަކާ އަދި ސްޓޯކް ސިޓީގެ ފޯވާޑު ޒާޑަން ޝަގީރީ ހިމަނައިފިއެވެ.

26 އަހަރުގެ ޝަގީރީ، އޭނާގެ 3 ވަނަ ވޯލްޑް ކަޕު ކުޅޭ އިރު 25 އަހަރުގެ ޒަކާ މިއަހަރު ކުޅޭނީ އޭނާގެ ދެވަނަ ވޯލްޑް ކަޕެވެ. މީގެ އިތުރުން ވެސްޓްހަމްގެ އެޑްމިލްސަން ހިމެނިފައި ނުވާއިރު ކުރީގެ އާސެނަލް ކުޅުންތެރިޔާ ޖޯހަން ޖޮރޯ ވަނީ ޓީމަށް ނަގާފައެވެ.

މިމަހު ފެށޭ ވޯލްޑް ކަޕުގައި ސްވިޓްޒަލޭންޑު ޓީމުގެ ކެޕްޓަން ކަން ކުރާނީ އިޓަލީ ލީގުގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ސްޓެފަން ލިޗްސްޓެއިނާ އެވެ.

ސްވިޓްޒަލޭންޑު ސްކޮޑް:-

ގޯލްކީޕަރުން: ރޯމަން ބޫރްކީ (ޑޯޓްމަންޑް) ޔިވޯން މްވޮގޮ (ލެއިޕްޒިގް) ޔެން ސޮމާރ (މޮންޗެންލެދްބެޗް)

ޑިފެންޑަރުން: މެނުއެލް އަކަންޖީ (ޑޯޓްމަންޑް) ޔޯހަން ޖޮރޯ (އަންތަލްޔަސްޕޯ) ނިކޯ އެލްވެޑީ (މޮންޗެންލެދްބެޗް) މިކެލް ލެންގް (ބެސެލް) ސްޓެފަން ލިޗްސްޓެއިނާ (ޔުވެންޓަސް) ފްރަންކޮސް މޯބަންޖެ (ތުލޫސް) ރިކާޑޯ ރޮޑްރީގެޒް (މިލާން) ފެބިއަން ޝައާރް (ޑިޕޯޓިވޯ ލަ ކޮރޯނާ)

މިޑްފިލްޑަރުން: ވެރޮން ބެހްރަމީ (ޔުދިނީސް) ބްލެރިމް ޒެމައިލި (ބޮލޮގްނާ) ޖެލްސަން ފެރްނަންދެސް (ފްރޭންކްފާޓް) ރެމޯ ފްރެއުލާ (އެޓްލަންޓާ) ޒާޑަން ޝަގީރީ (ސްޓޯކް ސިޓީ) ގްރަނިތް ޒަކާ (އާސެނަލް) ސްޓީވެން ޒޫބާ (1899 ހޮފެންހެއިމް) ޑެނިސް ޒަކަރިއާ (މޮންޗެންލެދްބެޗް)

ފޯވާޑުން: ޖޮސިޕް ޑްރިމިޗް (މޮންޗެންލެދްބެޗް) ބްރީލް އެމްބޮލޯ (ޝަލްކޭ) މާރިއޯ ގަވްރަނޮވިކް (ޑައިނަމޯ ޒަގްރެބް) ހެރިސް ސެފެރޮވިކް (ބެންފިކާ)